ޤާނޫނުލް އުޤޫބާތުގައި ހުރިކަންކަން އިތުރު ބިލުތަކުގައި ތަކުރާރު ކުރުމުގެ ބަދަލުގައި އެކަންކަން ތަންފީޒު ކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަޙީމް އަލީ ސަޢީދު ގޮވާލައިފިއެވެ.
ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ނަފްރަތުގެ ބިލުގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ވާހަކަ ނެތް ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވުމާއި ގުޅިގެން އެވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
އެކަމަށް ރައްދުދެއްވައި ޝަހީމު ވިދާޅުވީ، ޤާނޫނުތަކުގައި މިހާރުވެސް ހުރިކަންކަން ނަފްރަތުގެ ބިލުގައި އިތުރަށް ތަކުރާރު ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމުގައެވެ.
ޝަހީމް ވިދާޅުވީ ގާނޫނުލް އުގޫބާތާއި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނުގައި އަދި އެހެނިހެން ގާނޫނުތަކުގައި އިސްލާމްދީނަށް ތައުހީން ކުރުމާއި ދީނީ އެއްބައިވަންތަކަމަށް ލޮޅުން އަރާފަދަ ކަންކަން ކުރާ މީހުންނަށް ފިޔަވަޅު އެޅޭނެ ގޮތް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ހިތާމައަކީ އެކަންކަން ތަންފީޒު ނުކުރެވޭތީކަން ޝަހީމް ވަނީ ވިދާޅުވެފައެވެ.
ގާނޫނުލް އުގޫބާތުގައި ހުރިކަންކަން އިތުރު ކުރުމުގެ ބަދަލުގައި ތަންފީޒު ކުރުމަށް ޝަހީމް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ