ސ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާ ޓީޗަރަކު, އެ ސްކޫލުގެ ދަރިވަރުންތަކެއް ކައިރީގައި ދީނާ ހިލާފު ވާހަކަތަކެއް ދެއްކި މައްސަލައެއް ފެންމަތިވެ, އެ މައްސަލަ ބަލަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި, އެ ސްކޫލުގެ ގުރޭޑް އަށަކަށް ކިޔަވައިދޭ އެ ޓީޗަރު ވަނީ ކަލަކު ނުވާ ކަމަށާއި ކީރިތި ޤުރުއާނަކީ ބަޔަކު ލިޔެފައިވާ ހިޔާލީ ވާހަތަކެއް ކަމަށް ބުނެފަ އެވެ. އަދި މުސްލިމުންނަކީ ޓެރަރިސްޓުންހެން, ކަލަކުވާ ކަމަށް ގަބޫލުކުރުވަން ސިކުނޑި ދޮވެލާފައި ތިބި ބައެއް ކަމަށްވެސް ބުނެފައިވާ ކަމަށްވެ އެވެ.
ނަމަވެސް ފަހުން އެ ޓީޗަރު އައިސް, އެކަމަށް މައާފަށް އެދުނު ކަމަށް އެނގިފައިވެ އެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ, އެފަދަ ޝަކުވާއެއް އިއްޔެ ދަރިވަރެއްގެ ފަރާތުން ސްކޫލަށް ހުށަހަޅާފައިވާތީ, އެކަން ހިނގައިދިޔަ ގޮތް ސްކޫލުން ބަލަމުންދާ ކަމަށެވެ.
އަދި މައްސަލަ ބެލުމަށްފަހު ސްކޫލުން މިނިސްޓްރީއަށް ރިޕޯޓެއް ފޮނުވާނެ ކަމަށާއި ޓީޗަރާ މެދު ފިޔަވަޅެއް އަޅާނީ އެ ރިޕޯޓަށް ބެލުމަށްފަހުގައި ކަމަށްވެސް ބުންޏެވެ.
ކަލަކު ނުވާ ކަމަށާއި ޤުރުއާނަކީ ހިޔާލީ ވާހަކަތަކެއް ކަމަށް ބުނި އިންޑިއާ ޓީޗަރެއްގެ މައްސަލައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ