ގާޒީ އަދީބާއި މެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި
ކޯޓަށް ހުށާއެޅުނު މައްސަލައެއް ބެއްލެވުމުގައި ފަރުވާކުޑަކޮށްފައިވާކަން ސާބިތުވެފައިވާތީ، ފެމިލީ ކޯޓުގެ ޤާޟީ ޢަބްދުﷲ އަދީބަށް ފިޔަވަޅު އަޅައިފިއެވެ.ޖޭއެސްސީން ވިދާޅުވީ، ފެމިލީ ކޯޓަށް ހުށަހުޅުނު މައްސަލައެއް ބަލައި ހުކުމްކުރުމުގައި، މައްސަލަ ބެއްލެވި ގާޒީ އަބްދުﷲ އަދީބު ފަރުވާކުޑަކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.އެހެންކަމުން ގާޒީ އަދީބުގެ މި އަމަލަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.4 އަދި 6.5 އާ ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ، ޖޭއެސްސީގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން، ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގާނެ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.ރާއްޖޭގެ ކޯޓުތަކަށް ހުށައެޅޭ މައްސަލަތައް ބެއްލެވުމުގައި ފަރުވާކުޑަކުޜާ ފަނޑިޔާރުންނާއި، އުސޫލުތަކާއި ޚިލާފުވާ ފަނޑިޔާރުންނަށް އެކި ފިޔަވަޅުތައް ޖޭއެސްސީން އަޅަމުންގެންދާއިރު، އޭގެ ތެރޭގައި އެކޮމިޝަނުން ކަނޑައަޅާ ތަމްރީނުތަކެއް ފުރިހަމަކުރުމުން ފެށިގެންގޮސް ފަނޑިޔާރުންނާއި، ޤާޞީން މަޤާމުން ވަކިކުރަންވެސް އެކޮމިޝަނުންވަނީ މީގެކުރިން ލަފާދެއްވައި، ނިންމުންތައް ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ