ވެރިކަން ލިބިއްޖެނަމަ ފަސް އަހަރުގެ ތެރޭގައި މުޅި ގައުމު ބަދަލުކުރާނަން: އުމަރު

ވެރިކަން ލިބިއްޖެ ނަމަ ފަސް އަހަރުގެ މުއްދަތެއްގެ ތެރޭގައި މުޅި ގައުމު ބަދަލު ކުރައްވާނެ ކަމަށް މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ދިވެހި ޗެނަލްް"ގެ ޕްރޮގްރާމެއްްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ދިވެހި ރާއްޖެއަށް ބޭނުންްވަނީ އިހްލާސްތެރި ކެރޭ ލީޑަރެއްް ކަމަށާއި، އެހެން ނަމަވެސް އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކިބައިގައި އެ ސިފަތައް ނެތް ކަމަށެވެ.
އުމުރު އެންމެ ގަދަޔަށް ދައްކަވަމުން ގެންދަވާ އިންޑިއާ ސިފައިންް ރާއްޖޭގައި ގާއިމްްވެ ތިބޭ މައްސަލައަށް އަލި އަޅުވާލައްްވާ ވިދާޅުވީ، ރައީސް ޔާމީން އިންޑިއާ ސިފައިން މި ގައުމުން ބޭރުކުރަންް ނިކުތީ ވަރަށް ބޮޑަށްް "ފިތި ބާރުވެގެން" ކަމަށެވެ.
ހޯމްް މިނިސްޓަރުކަންް ކުރެއްވި ދެ އަހަރެއްހާ ދުވަހު ރާއްޖެ މިހާތަނަށް ދެކެފައި ނުވާ މިންވަރަށް އަމަން އަމާންްކަން ގެނެވުނު ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެހެން ނަމަވެސް އެ ދުވަސްވަރު ހުންްނަވަން ޖެހިވަޑައިގަތީ "ކަނާތު" ބަނދެގެން ކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ދެ އަތް މޮހެލާފައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކޮށްފިއްޔާ އަޅުގަނޑު ހަމަ ޔަގީންކަމާއެކު މި ދަންނަވަނީ ދިވެހިރާއްޖެ ހަމަ އެއްކޮށް ބަދަލުވާނެ،" އުމަރު ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންްތިހާބުގައި ވާދަކުރެއްވުމަށް އުމަރު އަންނަނީ ތައްޔާރުވަމުންްނެވެ. އުމަރު އެންމެ ބޮޑަށް އަމާޒު ހިފާފައި ވަނީ އިންޑިއާ ސިފައިން ރާއްްޖެއިން ބޭލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ