ނ. މާފަރުގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އަސާސީ ބައެއް ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ ކައުންސިލު އިދާރާއާއި ސަރުކާރުގެ ހުރިހާ އިމާރާތްތަކެއް ބަންދުކޮށްފިއެވެ.
މުޒާހަރާގައި ބައިވެރިވަމުންދާ މީހަކު އެމްވީޔޫތަށް މައުލޫމާތުދެމުން ބުނީ ރައްޔިތުން ނުކުމެ އަޑުގަދަ ކުރަމުން ގެންދަނީ އެރަށުގެ އެއްވެސް ކަމަކަށް އެއްވެސް ސަރުކާރަކުން އަޅާނުލާތީ އެކަމާއި ހިތްހަމަނުޖެހިގެން ކަމަށާއި އަހަރެއް ނިމިގެން ދާއިރު ސަރުކާރުން ވެސް މިރަށަކީ ޗާޓުން ފޮހެލެވިފައިވާ ރަށަކަށް ހަދާފައިވާ ކަމަށެވެ.
"ފެރީ ނިޒާމު ވަނީ ހުއްޓިފައި، ފަޅު އެއޮތީ ނުކޮނެވި، އެއަރޕޯޓްވަނީ ހުވަފެނަކަށް ވެފަ މަގުކުނިކަހާ ފައިސާ ވަނީ ނުލިބޭ، ސިއްހީ މަރުކަޒުން އެކަށީގެންވާ ގޮތެއްގައި ހިދުމަތެއް ނުލިބޭ، ސްކޫލްގެ ފެންވަރުވެސް އޮތީ ވަރަށް ދަށް ހާލަތެއްގައި." މާފަރުން ވާހަކަދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ މިއީ ސިޔާސީ ފަރާތަކުން އިސް ނަގައިގެން ކުރިއަށްގެންދާ މުޒާހަރާއެއް ނޫން ކަމަށާއި އަދި މިމުޒާހަރާއަށް ސިޔާސީ އެއްވެސް ފަރާތަކަށް ދައުވަތުދީފައިނުވާނެ ކަމަށެވެ. އަދި މިމުޒާހަރާއަށް އެފަދަ މީހަކަށް ދައުވަތު ވެސް ނުދޭނެ ކަމަށާއި މިއީ ރައްޔިތުންގެ މުޒާހަރާއެއް ކަމަށެވެ.
ރައްޔިތުން ނުކުމެ ބަންދުކޮށްފައިވަނީ ރަށުސްކޫލާއި، ރަށު ޕްރީސްކޫލާއި، ރަށު ކައުންސިލް އިދާރާ އާއި ރަށު ކޯޓެވެ. މިއަދު ހެނދުނު 9 އިން ފެށިގެން ކުރަމުންދާ މުޒާހަރާގައި ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުންނާއިއެކު 200 އާއި ގާތްކުރާ އަދަދަކަށް މީހުން މުޒާހަރާގައި ބައިވެރިވަމުން އެބަދެ އެވެ.
މުޒާހަރާގައި ބައިވެރިވަމުންދާ ފަރާތްތަކުން ބުނީ އެ މައްސަލަ ތަކަށް ޒިންމާދާރު ޖަވާބެއް ސަރުކާރުން ދިނުމުގެ ކުރިން މުޒާހަރާ ހުއްޓާނުލާ ކުރިއަށް ގެންދަން ރައްޔިތުން ތިބީ އަތުކުރި އޮޅާލައިގެން އެންމެންގެ ހައްގުގައި ނިކުމެ ކަމަށެވެ.
މާފަރު ރައްޔިތުން ނުކުމެ ސަރުކާރުގެ ހުރިހާ އިމާރާތެއް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ