އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ޖީއެމްއާރު އާއި ދެކޮޅަށް ސަރުކާރުގައި ހިމެނޭ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަށް އަދިވެސް ޑީއާރުޕީއަށް ފުރުސަތު އެބައޮތް ކަމަށސް އެޕާޓީތަކުން އިއްޔެ ބުނެފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲ ވިދާޅުވީ، މިފަދަ ޤައުމީ މަސައްކަތަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިކުންނައިރު ޤައުމުގައި އިތުރު ބައިބައިވުން އުފެދޭނެފަދަ އެއްވެސް ފުރުސަތެއް ދޭން ބޭނުން ނުވާ ކަމަށެވެ.
އަދި ގުޅިފައިވާ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަށް އަދިވެސް ޑީއާރުޕީއަށް ދައުވަތު ދޭކަމަށާއި ޑީއާރުޕީއަށް ފެންނަކަމުގައިވާނަމަ މިހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިހަރަކާތުގައި ޑީއާރުޕީން ބައިވެރިނުވާ މައްސަލާގައި ނޫސްވެރިއަކު ދެންނެވި ސުވާލްތަކަށް ޖަވާބު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ ފުއާދު ޤާސިމް ވިދާޅުވީ، މިހަރަކާތުގައި ޑީއާރުޕީން ރަސްމީކޮށް ބައިވެރި ނުވިނަމަވެސް ޑީއާރުޕީން މިމަސައްކަތާއި ދެކޮޅުކަމަށް ޤަބޫލްނުކުރާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުން ބުނީ މިއަދު ބޭއްވި ބައްދަލުވުމަށްވެސް ޑީއާރުޕީއަށް ދަޢުވަތުދިން ކަމަށާއި ރަސްމީކޮށް މިހަރަކާތްތަކުގައި ޑީއާރްޕީ ބައިވެރިނުވަނީ ކީއްވެގެންކަން ސާފްނުވާކަމަށެވެ.
ޖީއެމްއާރުގެ މައްސަލާގައި ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކަށްވެސް އިހްތިރާމް ކުރާނެކަމަށް ޑީއާރުޕީން ވަނީ ބުނެފައެވެ. އަދި ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ޑީއާރުޕީގެ އިސް ބޭފުޅުން ވިދާޅުވެފައިވަނީ ޕްރެސްއަށް ޑީއާރްޕީއަށް ދައުވަތު ލިބުނީ ވަރަށް ލަހުން ކަމަށާއި އެހެންވެ ބައިވެރި ނުވެވުނީ ކަމަށެވެ.
ޑީއާރުޕީއަށް ފެންނަ ކަމުގައިވާނަމަ ހަރަކާތްތަކުގައި ބައިވެރިވެވޭނެ - އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ