އެމްޑީޕީން މިއަދު ހަވީރު ބޭއްވި ޕެރޭޑް ކަވަރު ކުރުމުގެ ތެރޭގައި ހަރަކާތްތެރިވި ހަވީރުގެ ކެމެރާމޭން ދޫކޮށްލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފި އެވެ.
މީޑިއާ ކައުންސިލްގެ ރައީސް ހުޝާމް މުހައްމަދު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ހަވީރުގެ ނޫސްވެރިޔާ ދޫކޮށްލަން ފުލުހުނަށް އަންގަވާފައިވާ ކަމަށެވެ.
ހުޝާމް ވިދާޅުވީ ހަވީރުގެ ޖާނަލިސްޓް ހައްޔަރުކޮށްގެން ގެންދިޔައީ އެމްއެމްސީގެ މެމްބަރަކުވެސް ހަރަކާތްތެރިވި ސަރަހައްދަކުން ކަމަށާއި އެސަރަހައްދުގައި ހަވީރުގެ ޖާނަލިސްޓް ގާނޫނާއި ގަވާއިދާ ހިލާފުކަމެއް ނުކުރާކަމަށް އެމްއެމްސީ މެމްބަރު ވިދާޅުވެފައިވާ ކަމަށެވެ.
ނޫސްވެރިންގެ ޒިންމާ އަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އެދޭ ކަމަށާއި މީޑިއާތަކުން ވެސް ޒިންމާދާރު ކަމާ އެކު ހަބަރު ފެތުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަވިރުގު ވީޑިއޯ ޖާނަލިސްޓް މުހަންމަދު ސާޖިދު ފުލުހުން ހައްޔަރު ކުރީ ސަލްސާ ރޯޔަލް ރެސްޓޯރަންޓު ކައިރިން ދުރަށް ދާން އެދުމުން އެ ވަގުތު އެތަނުން އޭނާ ދުރަށް ނުދިއުމުންނެވެ. ނަމަވެސް އޭނާ ހުރީ ފާސް އަޅައިގެން ނޫން ކަން އެމްވީޔޫތަށް މައުލޫމާތު ލިބިފައިވެ އެވެ.
ސާޖިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އިތުރު ބަޔަކު ވެސް ހައްޔަރުކުރި އެވެ.
ހަވީރު ނޫހުގެ ޖާނަލިސްޓު ދޫކޮށްލުމަށް އެމްއެމްސީން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ