އަބްދުﷲ ހަމީދު ރާއްޖެ ވަޑައިގެންފި

ރައީސް މައުމޫންގެ ވެރިކަން ބަދަލުވުމަށްފަހު ރާއްޖޭން ބޭރުގައި ދިރިއުޅުއްވަމުން ގެންދެވި އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ކުރީގެ ވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ހަމީދު ރާއްޖެ ވަޑައިގެންފި އެވެ.
އަބްދުﷲ ހަމީދު މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައި އެވެ.
ރައީސް މައުމޫންގެ ކޮއްކޯފުޅު، ހަމީދު މިއަދު ރާއްޖެ ވަޑައިގެންނެވި އިރު، މަގާމާ ނުފޫޒު ބޭނުން ކުރި ކަމުގެ ތުހުމަތަށް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވިފައި ނުވާތީ އެ މަނިކުފާނު ކޯޓަށް ހާޒިރުކޮށް ދެއްވުމަށް ކްރިމިނަލް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރެއްވެސް ކޮށްފަ އެވެ .
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގެ ދައުވާ ހަމީދުގެ މައްޗަށް ކުރަން ހުށަހެޅީ 2009 ގައެވެ. އެ މައްސަލައިގައި ހަމީދު އެއްވެސް ފަހަރަކު ކޯޓަށް ވަޑައިގެންފައި ނުވާތީ ހަމީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި ހައްޔަރުކޮށްގެން ނަމަވެސް ކޯޓަށް ހާޒިރުކުރުމަށް ކަމާ ބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށްވެސް ކްރިމިނަލް ކޯޓުން ކުރިން ވަނީ ބުނެފަ އެވެ.
ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ބޭބޭފުޅު، އަދި ކުރީގެ ވަޒީރު މިހާރު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން ހަމީދުގެ ބައްޕާފުޅު، ހަމީދު މިއަދު ރާއްޖެ ވަޑައިގެންނެވި އިރު އެމަނިކުފާނުގެ އަނބިކަނބަލުން ދާދި ފަހުން ވަނީ އަވަހާރަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ