"ހަވީރު" ގެ އެޑިޓަރު ކަމަށް މޫސާ ލަތީފު ހަމަޖައްސައިފި

"ހަވީރު" ނޫހުގެ އެޑިޓަރު ކަމަށް، މީގެ ކުރިން ނޫހުގެ އެކްޓިން އެޑިޓަރު ކަމުގެ މަގާމުގައި ހުންނެވި މޫސާ ލަތީފު އިއްޔެ އިން ފެށިގެން ހަމަޖައްސައިފި އެވެ.
މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވާސިޓީން މާސް ކޮމިއުނިކޭޝަންގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ މޫސާ ލަތީފަކީ 1989 އިން ފެށިގެން ހަވީރުގެ ވަރަށް ސީނިއަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.
ހަވީރުގެ އެޑިޓަރުކަން އެންމެ ފަހުން ކުރައްވާފައި ވަނީ ޑރ. އަލީ ރަފީގެވެ. އޭނާ ހަވީރުގެ އެޑިޓަރު ކަމަށް ހަމަޖައްސާފައި ވަނީ ޖޫން 1987 އެވެ. ޑރ. އަލީ ރަފީގު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އާއިލާއާ އެކު ނިއު ޒީލެންޑްގަ އެވެ. ޑރ. އަލީ އަކީ ނޫސްވެރިކަމުގެ ރޮނގުން ޕީއެޗު.ޑީއެއް ހާސިލްކުރެއްވި ފުރަތަމަ ދިވެއްސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ