އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހޭންޑްބޯލް ކޯޓުތަކެއް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވީ، މިހާރު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނ. ލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
އެ ގޮތުން، ރައީސް ވިދާޅުވީ، ހޭންޑްބޯޅަ އަކީ ހާއްސަކޮށް އަންހެނުން ވަރަށް ޝައުގުވެރިކަން ހުންނަ ކުޅިވަރެއް ކަމަށާއި ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުން އެކަން ފެންނަން އެބައޮތް ކަމަށެވެ. އެ ކަންކަމަށް ބަލައި، މިހާރު ޕްލޭންކޮށްފައި އޮތީ، ވަރަށް ގިނަ ރަށްތަކުގައި ހޭންޑްބޯޅަ ކުޅުމަށް ބޭނުންވާތީ އާއި ހޭންޑްބޯޅަ އަކީ ސަރުކާރުން ވެސް ކުރިއަރުވަން ބޭނުންވާ ކުޅިވަރަކަށް ވާތީވެ، ގިނަ ރަށްރަށުގައި އެ ވަސީލަތް ގާއިމްކުރުމަށް ކަމަށެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގެ ތެރެއިން ރައީސް ޑރ، މުހައްމަދު މުއިއްޒު.---- ފޮޓޯ: ރައީސް އޮފީސް
"ވީމަ މި އަންނަ އަހަރަށް އަޅުގަނޑުމެން ހަދާ ބަޖެޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހޭންޑްބޯލް ކޯޓު ހަދަން ޖެހޭ ރަށްރަށުގައި ހެދުމުގެ ވަކި ޕްރޮގްރާމެއް ކަނޑައަޅައި ނިއު ޕޮލިސީ އިނިޝިއޭޓިވް، ނޫނީ އަލަށް ފަށާ މަޝްރޫތަކުގެ ލިސްޓަށް ލައިގެން، ރާއްޖޭގެ ހުރިހާ ރަށެއް ނޫން، ހޭންޑްބޯލް ކޯޓު ހަދަން ޖެހޭ ރަށްރަށުގައި ހެދުމުގެ މަޝްރޫ އެއް ގެންދިއުން، މާނަ އަކީ މި ރަށް (ނ. ލަންދޫ) އޭގެ ތެރޭގައި ހިމަނައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޭންޑްބޯލް ކޯޓެއް ހަދައިދޭނަން،" ރައީސް ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވަނީ ހޭންޑްބޯޅަ ކޯޓުތަކެއް އަޅައިފަ އެވެ. އަދި، ބައެއް ކޯޓުތަކުގެ މަސައްކަތް ނިމި މިހާރު ބޭނުންކުރަން ފަށާފައިވާއިރު، އަނެއް ބައި ކޯޓުތަކުގެ މަސައްކަތް ކުރިއަށް ވެސް ދެ އެވެ.
މިދިޔަ އަހަރުތަކަށް ބަލާއިރު، ރާއްޖޭގައި ދެ ޖިންސުން އެންމެ ގިނަ ޓީމު ބައިވެރިވެގެން ގައުމީ ލެވަލްގެ މުބާރާތް ކުޅޭ އެއް ކުޅިވަރަކީ ހޭންޑްބޯޅަ އެވެ. އަދި، މި ފަހުން، ރާއްޖާގައި ބީޗް ހޭންޑްބޯޅަ ޑިވެލޮޕްވަމުން އަންނަ މިންވަރު އިތުރުވެ، ގިނަ މުބާރާތްތަކެއް މާލެ ސަރަހައްދުގެ އިތުރުން ރަށްރަށުގައި ވެސް ކުރިއަށްދެ އެވެ.
ބަޖެޓު ކޮށްގެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހޭންޑްބޯލް ކޯޓު އަޅަނީ ބަޖެޓު ކޮށްގެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހޭންޑްބޯލް ކޯޓު އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ