ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދު، 75، ގދ. ގައްދޫ ކައިން ދަތުރުކުރި ޑިންގީ މިއަދު ހެނދުނު ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - ޒަކަރިއްޔާގެ ހަބަރެއް ނުވީ ގައްދޫން ފުރައިގެން އެ ރަށާ ޖެހިގެން އޮންނަ ގަމަށް ދިއުމަށް ފަހު އެނބުރި ރަށަށް ދިއުމަށް ފުރި ފަހުންނެވެ.
ތަފްސީލް - އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އެމްއެންޑީއެފުން ބުނީ ފުލުހުންނާ ގުޅިގެން މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ޑިންގީ ފެނުނީ ގައްދޫ އާއި ގަމާ ދެމެދު އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ކަމަށެވެ.
ޒަކަރިއްޔާ ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ ދުވަހުގެ ހެނދުނު 11:15 ހާއިރު އޭނާ ގަމުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައި ސޯޓެކެވެ.
ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.
75 އަހަރުގެ މީހާ ދަތުރުކުރި ޑިންގީ ކަނޑުއަޑިން ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ