ގައްދޫން ގެއްލުނު ޒަކަރިއްޔާ މަރުވެ، ލައްގާފައި އޮއްވައި ފެނިއްޖެ

ބުރާސްފަތި ދުވަހު ގދ. ގައްދޫން ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދި އެ ރަށު، ކޯޒީރައުންޑް, ޒަކަރިއްޔާ މުޙައްމަދު, މަރުވެ ލައްގާފައި އޮއްވައި ފެނިއްޖެއެވެ. މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ޒަކަރިއްޔާ ފެނުނީ 11:45 ހާއިރުކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ލައްގާފައި އޮއްވައި ފެނުނީ ގަމު ގޮނޑުދޮށަށެވެ. ފުލުހުން މީގެ ކުރިން ބުނީ ޒަކަރިއްޔާ ގައްދޫން ފުރީ ބުރާސްފަތި ދުވަހު ހެނދުނު 09:30 ހާއިރު ކަމަށާއި، އޭނާގެ ހިލަމެއް ނުވެގެން ފުލުހަށް އެ ކަމުގެ ރިޕޯޓު ލިބިފައިވަނީ އެ ދުވަހު ހަވީރު 17:05ގައި ކަމަށެވެ. އެމްއެންޑީއެފުން އިއްޔެ ވަނީ ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ކަނޑުގެ 10 މީޓަރު އަޑިން ހޯދާފައެވެ. އިތުރު ތަފުސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ