ލ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި
ލ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މިއަދު މަރާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:30 އެހާކަންހާއިރެވެ. މާވަށުން 'ސަން'އާ ވާހަކަދެއްކި މީހަކު ވަނީ އެ ރަށު ސިއްހީ މަރުކަޒާ ހަވާލާދީ މި ހާދިސާގައި ޒަޚަމުވި މީހާ މަރުވިކަން ކަށަވަރުކޮށްދީފައެވެ. އޭނާ ބުނި ގޮތުގައި ހަމަލާ އަމާޒުވީ އެ މީހާގެ ކަރަށެވެ. އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ، މި ހާދިސާ ހިނގީ ކުށުގެ ވެށީގައި ހަރަކާތްތެރިވާ ދެ މީހުންގެ މެދުގައި ކަމަށެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. ތަފުސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ