ލޯބިވެރިޔާގެ ހިތުގަ ޖެހިދާނެތީ އޭނާދެކެ ލޯބިނުވާ ޙާލަތުގަ އެކަން ސިއްރުކޮށްގެން އެކުގަ އުޅުމަކީ އަނެކާއަށް ދެވޭނެ އެންމެ ބޮޑު އަނިޔާ! ރަނގަޅު ގޮތަކީ ތެދަށް ބުނުން!

ލޯބިވެގެން ކައިވެނިނުކޮށް ދެމީހުން އުޅުމާއި ކައިވެނިނުކޮށް އެކަހެރިކޮށް ބައްދަލުކޮށް އުޅުމަކީ އިސްލާމް ދީން ހުއްދަކުރާ ކަންކަމެއް ނޫނެވެ. ނަމަވެސް އެކަން މިއަދު މިވަނީ ޢާންމުވެފައެވެ. އެހެންވެ ވާހަކަ މިދައްކަނީ މިއަދުގެ ޙާލަތަށް ބަލައިގެންނެވެ.  
ލޯބިވެގެން ކަމަށް ބުނެ އެކުގައި އުޅޭ މީހުންގެ ތެރޭގައި އަނެކާ ދެކެ ލޯބިނުވާ މީހުންވެސް އެބަ ތިބެއެވެ. އޭނާ ދެރަވެދާނެތީ ބުނަން ނުކެރެނީއެވެ. އަދި ކައިވެނިކުރަންވެސް ބޭނުން ނުވަނީއެވެ. އެކަމަކު ދެމީހުންގެ މެދުގައި އެކިވަރުގެ ގުޅުން ހިންގައެވެ.  
މިޙާލަތުގައި ބުނަން އޮތީ ތިއަހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ހިތުގައި އޮންނަ ގޮތް ވަރަށް ސާފުކޮށް ބުނަންވާނެއެވެ. ޢޭނާ އެވަޤުތު ދެރަވެ ކަރުނަ އެޅިނަމަވެސް އޭނާއަށް އެކަމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ.  
ދެން އޮތީ ދެމީހުންވެސް ލޯބިވެގެން ތިބެ ގުޅުން ހިންގުމެވެ. މިއީވެސް ހުއްދަ ކަމެއް ނޫނެވެ. ލޯބިވެގެން ވިޔަސް ކައިވެނިނުކޮށް ތިބެ ގުޅުން ހިންގައިގެން ނުވާނެއެވެ. އަދި ބުނަން ހެއްޔެވެ؟ ދެމީހުން ލޯބިވެ ކައިވެނިނުކޮށް ތިބެ ގުޅުން ހިންގާނަމަ އެއިގެ މާނައަކީ ލޯބިނުވަނީއެވެ. އެހެނީ ލޯބިވާންޖެހޭނީ ދުނިޔޭގެ އުފަލަށްޓަކައެއް ނޫނެވެ. އާޚިރަތަށްޓަކައެވެ. ސުވަރުގެ ޙާޞިލުކުރަން ކުރަން އޮތް ދަތުރު ކާމިޔާބުކުރުމަށެވެ! އެދަތުރުގައި އެކަކު އަނެކަކަށް ވާގިވެރިވުމަށެވެ.  
ވީމާ ޚުލާޞާ ގޮތެއްގައި ބުނެލަން އޮތީ ލޯބިވާނަމަ އަވަހަށް ކައިވެނިކުރާށެވެ! ކައިވެނިކުރެވެން ނެތްނަމަ ކައިވެނިކުރެވެންވަންދެން ގައިގޯޅިނުވެ، ގައިގައި ނުބީހި ދުރުގައި ތިބޭށެވެ! އެހްން ނޫންނަމަ އެއީ ލޯބިވުމެއް ނޫނެވެ. ލޯބިވާނަމަ އަނެކާ ފާފަވެރިވާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. މަރުވާނީ ކޮން ވަޤުތަކުކަން ނުއެނގޭތީއެވެ.
 
- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ