ނޮވެލްޓީ ބުކްޝޮޕް އާއި މޫލީ ގެ ބެކް ޓު ސްކޫލް ކެމްޕެއިން: އޮންލައިންކޮށް އޯޑަރުކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ހިލޭ ޑެލިވަރީ!

ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީއިން ބެކް ޓު
ސްކޫލް ކެމްޕެއިން ޖެހިޖެހިގެން ދެ ވަނަ އަހަރަށް ލޯންޗުކޮށްފިއެވެ.
މިކަމާއި ގުޅިގެން އުރީދޫއިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ ނޮވެލްޓީ ބުކްޝޮޕާއި އެކު ކުރިޔަށް ގެންދާ މި ކެމްޕެއިނަށް މިދިޔަ އަހަރު
ލިބުނު ތަރުހީބާ ތަޖުރިބާ އާއި އެކު، މި އަހަރުވެސް ސްކޫލާށް ބޭނުންވާ ފޮތްތަކާއި
އެހެނިހެން ޒަރޫރީ ތަކެތި ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތުގެ ދަރިވަރުންނަށާއި
ބެލެނިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.
މިއާއިއެކު އަންނަ
ދިރާސީ އަހަރަށް ބޭނުންވާ ޒަރޫރީ ސާމާނާއި ސްކޫލް ފޮތްތައް ލިބުމުގައި އާއިލާތަކަށް
ދިމާވާ ގޮންޖެހުންތައް ދެނެގަނެ، މޫލީގެ މައިގަނޑު އޮފަރއަށް ބަދަލު ނާންނަ ކަމަށް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.
Advertisement
އެގޮތުން މި ޙިދުމަތުގެ ސަބަބުން މާލެއަށް ކުރަންޖެހޭ ދަތުރުފަތުރުގެ އަގުބޮޑު
ޚަރަދާއި، ފިހާރަތަކުގައި ކިޔުގައި ތިބުމާއި، ބަރު ކޮތަޅުތައް އުފުލުމުގެ ބުރަ
ނައްތާލެވިގެން ދިޔުމާއިއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ
ދަރިވަރުންނަށާއި ބެލެނިވެރިންނަށް ސްކޫލަށް ބޭނުންވާ ސާމާނު އިތުރު ޚަރަދެއް
ނުވަތަ ދަތިކަމެއް ނެތި ފަސޭހަކަމާއެކު އޮންލައިންކޮށް އޯޑަރ ކޮށްލެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
މޫލީ
މެދުވެރިކޮށް ފޮތްލިސްޓް ބައްލަވައިގަތުމަށް މޫލީ ވެބްސައިޓްގެ ބުކްސް އެންޑް
ސްޓޭޝަނަރީ ކެޓަގަރީގެ ދަށުން ސްކޫލަށް ބޭނުންވާ ސާމާނު ފެނިވަޑައިގަންނަވާނެއެވެ.
އަދި ޗެކް-އައުޓް ކުރާއިރު މިނިސްޓްރީ އޮފް
އެޑިޔުކޭޝަނުން ދޭ ވައުޗަރ ކޯޑާއި އައިޑީ ކާޑު ނަމްބަރު ސްޕެޝަލް
އިންސްޓްރަކްޝަންސް ގޮޅީގައި ޖަހާލަންޖެހޭނެއެވެ.
މިއާއިއެކު އޯޑަރުކުރާ ތަކެތި ޑެލިވަރ ކުރުމުން، އެފޮތްލިސްޓް އޯޑަރުކުރުމަށް
ބޭނުންކޮށްފައިވާ ވައުޗަރު، ޑެލިވަރ ކުރާ ފަރާތާ ހަވާލުކޮށްލަންޖެހޭނެއެވެ.
އޮޑަރކޮށްލުމަށް:    
1. މޫލީ ވެބްސައިޓަށް https://mool.ee/booklist ޒިޔާރާތްކޮށް ލޮގިންވެލައްވާ
2. ސްކޫލް ގްރޭޑް ހިޔާރުކުރައްވާ
3. ސްޓުޑަންޓް ވައުޗަރ ކޯޑް އަދި އައިޑީކާޑް ނަންބަރު ސްޕެޝަލް އިންސްޓްރަކްޝަންސް
ގޮޅީގައި ޖައްސަވާ
4. ކާޓްއަށް އެޑް ކުރުމަށްފައި އޯޑަރ ކަށަވަރުކުރައްވާ
މި
ހާއްސަ އޮފާގެ ބޭނުން ހިފުމަށް ކަސްޓަމަރުންނަށް https://mool.ee/booklist މޫލީގެ ވެބްސައިޓަށް ޒިޔާރަތްކޮށް ހިލޭ ހޯމް
ޑެލިވަރީ އަށް އޯޑަރު ދެވޭނެ އެވެ.
ޖެހިޖެހިގެން ދެ ވަނަ އަހަރަށް މޫލީގެ ބެކް
ޓު ސްކޫލް ކެމްޕޭން މިއަދު ފެށުނު އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅުއްވާ
ދަރިވަރުންނާއި ބެލެނިވެރިންނަށް ދިރާސީ އާ އަހަރުގެ ސްކޫލް ފޮތްތަކާއި ޒަރޫރީ
ތަކެތި ގޭދޮށަށް ލިބިގެންދާނެ ކަމަށް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ