މޫލީ، ބެކް ޓު ސްކޫލް ކެމްޕޭން މިއަހަރުވެސް

ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީއިން ބެކް ޓު ސްކޫލް ކެމްޕެއިން ޖެހިޖެހިގެން ދެ ވަނަ އަހަރަށް ލޯންޗުކޮށްފިއެވެ.
މި ކެމްޕެއިންގެ ދަށުން މި އަހަރުވެސް ސްކޫލާށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބިގެންދާނެއެވެ.
އަންނަ ދިރާސީ އަހަރަށް ބޭނުންވާ ޒަރޫރީ ސާމާނާއި ސްކޫލްފޮތްތައް ލިބުމުގައި އާއިލާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، މޫލީގެ މައިގަނޑު އޮފާއަކަށް ބަދަލު ނާންނަ ކަމަށް އުރީދޫއިން ބުންޏެވެ.
މޫލީ މެދުވެރިކޮށް ފޮތްލިސްޓަށް ފޮތް ނަގަން ބޭނުންވާ ފަރާތްތަކަށް މޫލީ ވެބްސައިޓްގެ ބުކްސް އެންޑް ސްޓޭޝަނަރީ ކެޓަގަރީގެ ދަށުން ސްކޫލަށް ބޭނުންވާ ސާމާނު ފެންނަން ހުންނާނެއެވެ. މި ކެމްޕޭނުގެ ދަށުން ޗެކް-އައުޓް ކުރާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ވައުޗަރު ކޯޑާއި އައިޑީ ކާޑު ނަމްބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖަހާލަންޖެހޭނެއެވެ.
އޯޑަރުކުރާ ތަކެތި ޑެލިވަ ކުރުމުން، އެފޮތްލިސްޓް އޯޑަރުކުރުމަށް ބޭނުންކޮށްފައިވާ ވައުޗަރު، ޑެލިވަރީ ކުރާ ފަރާތާ ހަވާލުކުރުމަށް ވަނީ އުރީދޫއިން ވަނީ ބުނެފައެވެ.
ފޮތް ލިސްޓް އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކަށް މޫލީ ވެބްސައިޓް  https://mool.ee/booklist އަށް ވަނުމަށްފަހު ސްކޫލް ގްރޭޑް ހިޔާރުކޮށް، ސްޓުޑަންޓް ވައުޗަ ކޯޑް އަދި އައިޑީކާޑް ނަންބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖަހައި، ކާޓްއަށް އެޑް ކުރުމަށްފައި އޯޑަރު ކުރެވޭނެއެވެ.
މި ހާއްސަ އޮފާގެ ބޭނުން ހިފުމަށް ކަސްޓަމަރުންނަށް މޫލީގެ ވެބްސައިޓަށް ޒިޔާރަތްކޮށް ހިލޭ ހޯމް ޑެލިވަރީ އަށް އޯޑަރު ދެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ