ލަންޑަން (ޖޫން 10) - ސްކޮޓްލެންޑަށް އުފަން މަޝްހޫރު ޓެނިސް ތަރި، އެންޑީ މަރީ ދެން ކޯޗިންގެ މަގާމަކަށް ނުކުންނާނީ ވަރަށް ރަނގަޅަށް ކަންކަން ދަސްކޮށްގެން ކަމަށް ބުނެފި އެވެ.
ތިން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކުރި، މަރީ، 19 އަހަރުވީ ޕްރޮފެޝަނަލް ޓެނިސް ކެރިއަރު ނިމުމަަކަށް ގެނައީ މިދިިޔަ އޮގަސްޓް މަހުގަ އެވެ. އެއީ، ޕެރިސް އޮލިމްޕިކްސް އަށް ފަހު އެވެ.
އޭގެ ފަހުން، މަރީ ވަނީ، ސާބިއާގެ ތަރި، ނޮވަކް ޖޮކޮވިޗްގެ ކޯޗެއްގެ ގޮތުގައި، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން، ހަ މަސް ދުވަހު މަސައްކަތް ކޮށްފަ އެވެ.
ޖޮކޮވިޗްގެ ކޯޗަކަށް ހުރެ ގިނަ ކަންތައްތަކެއް ދަސްވިކަން ފާހަަގަކޮށް، އެ ރޯލު ދޫކޮށްލަމުން މަރީ ބުނެފައިވަނީ، އެ ނިންމުމަކީ، ދެ ފަރާތަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ. ސަބަބަކީ، މަރީ ހުރެގެން ދެން ޖޮކޮވިޗަށް ލިބޭނެ މާ ބޮޑު ކުރިއެރުމެއް ފާހަގަވާން ނެތުން ކަމަށް ގަބޫލުކުރެވުމެވެ.
"ކޮންމެ ވެސް ހިސާބަކުން އަދި އެނބުރި (ކޯޗިން އަށް) އަންނާނަން. އެއިރަކު އަހަރެން ހުންނާނީ މި ކަމަށް ވަރަށް ތައްޔާރުވެ، ހޯދަން ޖެހޭ ޓްރެއިނިން އާއި އެހެނިހެން ކަންކަން ވެސް ހާސިލްކޮށްފައި،" ކޯޗިން ކެރިއަރާ ބެހޭގޮތުން އަމާޒުވި ސުވާލެއްގެ ޖަވާބުގައި މަރީ ބުންޏެވެ.
މަރީ، 38، ވަނީ، "އެންޑީ މަރީ އެރީނާ" ގެ ނަމުގައި، ދަނޑެއް/ ޓްރެއިނިން ފެސިލިޓީއެއް ހުޅުވައިފަ އެވެ.
ކުޅުމުގެ ކެރިއަރު ނިންމާލުމަށް ފަހު، ޓެނިހުން ކުރިއަށްދާން ނިންމުމަކީ، ރަނގަޅު ގޮތެއް ކަމަށް ގަބޫލުކުރެވޭ ކަމަށް މަރީ ބުނެފައިވެ އެވެ. އަދި، ކޯޗިންގައި ކުރިއަށްދާއިރު، ކުޅުންތެރިއެއްގެ ފަހަތުގައި އޮންނަ ޓީމެއް ރަނގަޅު މިސްރާބެއްގައި ހުރިހާ ކަމެއް ކުރުން އެއީ މުހިންމު ކަމެއްގެ ގޮތުގައި މަރީ ދެކެ އެވެ. އަދި، މި ހުރިހާ ކަމަކީ، ވަަރަށް ރަނގަޅަށް ދަސްކުރަން ޖެހޭ ކަންކަން ކަމަށާއި ކޯޗިން އަށް ދެން ނުކުންނާނީ މި ކަންކަން އެނގިގެން ކަމަށް މަރީ ބުނެފައިވެ އެވެ.
މަރީ ދެން ކޯޗިން އަށް ނުކުންނާނީ ރަނގަޅަށް ދަސްކޮށްގެން މަރީ ދެން ކޯޗިން އަށް ނުކުންނާނީ ރަނގަޅަށް ދަސްކޮށްގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ