ޙައިޟްވުމާއި އަދި ރަނގަޅުވުމާއި ބެހޭގޮތުން ބައެއް ކިޔުންތެރިން ކުރައްވާ ސުވާލުތަކަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެތެވެ. އިން ޝާ ﷲ
ކޮންމެ އަންހެނަކަށްވެސް އާދަވެގެން އޭނަގެ ޙައިޟުގެ މުއްދަތު އެނގޭނެއެވެ. ވީމާ، އެމުއްދަތުތެރޭގައި ރަނގަޅުވެއްޖެނަމަ އިތުރަށް ބަލާކަށް ނުޖެހޭނެއެވެ. އެކި މަސްމަހު ތަފާތުކޮށް ޙައިޟުގެ މުއްދަތު ހުންނަކަމަށް ވަނީނަމަ ލޭ ކެނޑުމުން ކަފަބުރެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން ލޭ ކެނޑުނުކަން ޔަޤީން ކުރެވިދާނެއެވެ.
ލޭ ކެނޑިއްޖެކަން ޔަޤީން ވުމުން އިތުރަށް އިންތިޒާރުކުރާކަށް ނުޖެހޭނެއެވެ. އަވަހަށް ފެންވަރައިގެން ޙައިޟުގެ ދުވަސްވަރު މަނާވެފައިވާ ކަންތައް ފަށައިގަންނަންވީއެވެ. ހަފްތާ އެއް ފަހުން ނުވަތަ ދެދުވަސްފަހުން ކުޑަ ހިނދުކޮޅަކަށް އައި ލޭ ބެލެވޭނީ އިސްތިޙާޟާ ގެ ލެޔަށެވެ. އިސްތިޙާޟާ ގެ ލޭ އައި ކަމުގައިވީނަމަވެސް ކޮންމެ ނަމާދަކަށް ވުޟޫކޮށްގެން ނަމާދު ކުރެވޭނެއެވެ. އަދި ފިރިމީހާ އާއި އެކު އެއްދާން ވެސް ކުރެވޭނެއެވެ. والله أعلم
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ހައިޟުގެ ލޭ ކެނޑިއްޖެކަން ޔަޤީން ވުމުން އިތުރަށް އިންތިޒާރުކުރާކަށް ނުޖެހޭނެ! އަވަހަށް ފެންވަރައިގެން ޙައިޟުގެ ދުވަސްވަރު މަނާވެފައިވާ ކަންތައް ފަށައިގަންނަންވީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ