ދިއްފުއްޓަށް ކުނި މެނޭޖުކުރާ ތަކެތި ހަދިޔާކޮށްފި

'އަލިފުޅު ތުއްތު ފައުންޑޭޝަން' އާއި މީރު މޯލްޑިވްސް ރިސޯޓް އައިލެންޑްގެ ފަރާތުން ކ. ދިއްފުށި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނި މެނޭޖުކުރާ މެޝިނަރީސް ހަދިޔާކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހަފްތާގެ ބުދަ ދުވަހު ދިއްފުށި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި އެ ތަކެއްޗާ ހަވާލުވީ ދިއްފުށި ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް އެވެ.
ތަފްސީލު - ދިއްފުއްޓަށް ހަދިޔާކުރި ކުނި މެނޭޖުކުރާ ތަކެތީގެ ތެރޭގައި ހިމެނެނީ:
ގްލާސް ކްރަޝާ
ކޮމްޕެކްޓާ
އިންސިނަރޭޓާ
ފުޑް ވޭސްޓް ޑިސްޕޯސާ
ބުނީ ކީކޭ؟ - ދިއްފުށި ކައުންސިލްގެ ރައީސް ސުނިލް ވިދާޅުވީ އެ ތަކެތީގެ ސަބަބުން އެ ރަށުގެ ކުނި މެނޭޖުކުރުމަށް ކުރިއަށްވުރެ ފަސޭހަވާނެ ކަމަށާއި ޒަމާނުންސުރެ އެ ރަށުގައި އޮތް ކުނި އެންދުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަން އަދި މީރު މޯލްޑިވްސް ރިސޯޓް އައިލެންޑަކީ މީގެ ކުރިން ވެސް އެ ރަށުގެ ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް އެހީތެރިކަން ދެމުން އަންނަ ބައެއްކަން ފާހަގަކޮށް، ސުނިލް ވަނީ އެ ރަށު ރައްޔިތުންގެ ނަމުގައި އަލިފުޅު ތުއްތު ފައުންޑޭޝަން އަދި މީރު މޯލްޑިވްސް ރިސޯޓް އައިލެންޑަށް ޝުކުރު ދަންނަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ