ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށުމަށް މިއަދު ކުރިއަށްގެންދާ ޖަލްސާގައި، އިދިކޮޅު އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރާތީ އެ މެންބަރުންގެ ނަން އިއްވައި، މަޖިލީހުގެ ސެކިއުރިޓީ ލައްވާ މެންބަރުން ތަޅުމުން ނެރުނު މަންޒަރު މަޖިލީހުން ނުދައްކާ ލައިވް ފީޑު ކަނޑާލައިފި އެވެ.
އެމްޑީޕީ މެންބަރުން އިހުތިޖާޖުކުރަން ފެށުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން ނުއިއްވިގެން ޖަލްސާ މެދުކަނޑާލައި، ތަޅުން ދޫކުރައްވާ ވަޑައިގެންނެވި އެވެ. ނަމަވެެސް މެންބަރުން ނެރުމަށްފަހު އަލުން ވަޑައިގެން މިހާރު ގެންދަވަނީ ބަޔާން އިއްވަވަމުންނެވެ.
އެމްޑީޕީގެ މެންބަރުން ނެރުނު މަންޒަރު ނުފެންނަ ގޮތަށް ލައިވް ސްޓްރީމް މެދުކަނޑާލުމުގެ އިތުރުން އެ މަންޒަރު ފެންނަ އެއްވެސް ފޮޓޯއެއްވެސް މަޖިލީހުން އާންމެއް ނުކުރެ އެވެ. މަޖިލީހުގެ ތަޅުމަށް އެ އިދާރާ ފިޔަވައި އެހެން ބަޔަކަށް، ވީޑިއޯ ކުރުމުގެ ހުއްދައެއް ނުދެ އެވެ.
ނަމަވެސް ބައެއް މަޖިލިސް މެންބަރުން ވަނީ އިދިކޮޅު މެންބަރުން ތަޅުމުން ނެރޭ މަންޒަރު ފެންނަ ގޮތަށް ފޭސްބުކް ގައި ލައިވް ސްޓްރީމް ކޮށްފައިވެ އެވެ. އެ ވީޑިއޯއިން ފެންނަނީ ސެކިއުރިޓީ ގާޑުން މެންބަރުން އަތުލަފިކޮށްގެން ތަޅުމުން ނެރޭ މަންޒަރެވެ.
އެމްޑީޕީ ތަމުސީލު ކުރާ 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުންގެ ނަން އިއްވާ މިވަގުތު ވަނީ މަޖިލީހުން ބޭރުކޮށްފަ އެވެ. މިވަގުތު ތަޅުމުގައި އިންނެވީ އެމްޑީޕީގެ ދެތިން މެންބަރަކު އެވެ. ދަކަމުން ނެރުނު މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިމް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ހިމެނެ އެވެ.
ސެކިއުރިޓީން ލައްވައި ގަދަކަމުން އެމްޑީޕީގެ މެންބަރުން ތަޅުމުން ބޭރުކުރި މަންޒަރު މަޖިލީހުން ނުދެއްކި ސެކިއުރިޓީން ލައްވައި ގަދަކަމުން އެމްޑީޕީގެ މެންބަރުން ތަޅުމުން ބޭރުކުރި މަންޒަރު މަޖިލީހުން ނުދެއްކި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ