ފަސް މީހުންނާއެކު ގައްދޫން ހުޅުމާލެއަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ގެއްލިއްޖެ

2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. މި ދޯނީގައި ތިބީ 5 މީހުންނެވެ. އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ.ދޯނިފަހަރު ޓްރެކް ކުރާ "ފޮލޯ މީ" އެޕްއިން ދައްކާ ގޮތުގައި، އެ ބޯޓުގެ ޓްރެކިން ސިގްނަލް ކެނޑިފައި ވަނީ ގއ. އަތޮޅު ހުރަސްކޮށް، ހުވަދޫ ކަނޑުގެ ވަކި ހިސާބަކަށް ދިޔަ ފަހުންނެވެ. އެއީ ރޭ 8:04 ހާއިރެވެ.ފުލުހުން މިރޭ ބުނީ އެ ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ ރޭގެ ދަންވަރު 2:40 ގައި ކަމަށެވެ."އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނަ އިރު ތަކެއް ނުވާ ކަމަށެވެ. އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވެ އެވެ،" ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ."މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކުރެވި، އެމްއެންޑީއެފްގެ ސަދަން ރީޖަން ކޮމާންޑަށް ވަނީ މައުލޫމާތު ދީފަ އެވެ. ދޯނި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ