ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން ތައާރަފުކުރި އެވޯޑްސްގައި ދޭ ގޯލްޑް އެވޯޑް، ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް ލިބިއްޖެ އެވެ.
ކާވާގެ ރައީސްކަން ކުރައްވަމުން އަންނަނީ ދެ ވަނަ ދައުރަކަށް ދާދި ފަހުން އިންތިބާހުވި ވީީއޭއެމްގެ ވެސް ރައީސް މުހައްމަދު ލަތީފް (ލަތީބެ) އެެވެ. ކާވާ އިން ދިން އެވޯޑާ ވީއޭއެމްގެ ފަރާތުން ހަވާލުވީ، ޖެެނެރަލް ސެކްރެޓަރީ، މުހައްމަދު ސައީދު އެވެ.
ކާވާ އިން ވަނީ މި މަހުގެ 25 ވަނަ ދުވަހު އެ އިދާރާގެ އަހަރީ އާންމު ޖަލްސާ ބާއްވައިފަ އެވެ. މި ޖަލްސާގައި ވަނީ ފުރަތަމަ ފަހަރަށް ކާވާ އެވޯޑް ތައާރަފުކޮށް، އެވޯޑް ދީފަ އެވެ.
މި ފަހަރުގެ ކާވާ އެވޯޑްސްގައި ތިން ކެޓަގަރީ އަކުން ޓްރޮފީ ދީފައިވެ އެވެ. އެއީ، އިންޓަނޭޝަނަލް އެކްސަލަންސް އެވޯޑް، ފެޑަރޭޝަން އޮފް ދި އިޔާ އެވޯޑް އަދި ޕާފޯމަންސް އެކްސަލަންސް އެވޯޑް އެވެ.
އިންޓަނޭޝަނަލް އެކްސަލަންސް އެވޯޑަކީ އެފްއައިވީބީ ނުވަތަ އޭވީސީ މުބާރާތްތަކުން ރަން، ރިހި އަދި ލޯ މެޑަލް ހޯދާ ގައުމުތަކަށް ދޭ އެވޯޑެކެވެ. މި އެވޯޑް މި ފަހަރު ލިބުނީ އީރާން، ކަޒަކިސްތާން އަދި ޕާކިސްތާނަށެވެ.
އަހަރުގެ އެންމެ މޮޅު ފެޑެރޭޝަން ނުވަތަ އެސޯސިއޭޝަނަށް ދޭ އެވޯޑަކީ ކާވާގެ މުބާރާތްތައް ހޯސްޓު ކުރުމާއި، މުބާރާތްތަކުގައި ބައިވެރިވުމާއި، ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމާއި، ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގައި ބައިވެރިވާ ގައުމުތަކުގެ މެދުގައި ޕޮއިންޓް ދީގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ގައުމަކަށް ދޭ އެވޯޑް އެވެ. މި އެވޯޑްގެ ރަން މަގާމު ހޯދީ ރާއްޖެއިންނެވެ. އަދި ސިލްވާ ލިބުނީ ނޭޕާލް އަށެވެ. މީގެ އިތުރުން ލޯ ލިބުނީ އުޒްބެކިސްތާން އަށެވެ.
މި އެވޯޑްތަކަށް މާކްސް ކަނޑައެޅޭނެ ގޮތެއް ކާވާ އިން މީގެ ކުރިން އިއުލާނުކޮށްފައެއް ނުވެ އެވެ.
ކާވާ އިން ދިން ގޯލްޑް އެވޯޑް ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން އަށް ކާވާ އިން ދިން ގޯލްޑް އެވޯޑް ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ