ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލަން މަސައްކަތް ކުރި ދެ މީހަކު އަތުލައިގަނެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ރޭ 11:35 ހާއިރު ކަމަށްވާއިރު އެ މީހުން ހަމަލާ ދިނީ ރެހެންދި ޓާފް ދަނޑުގެ ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށެވެ. އެ މީހުން ހަމަލާ ދިނީ ކޯރާޑިއަކުންނެވެ.
އެއަށްފަހު ހަމަލާ ދިން ދެ މީހުން ފިލަން ދިއުމަށް މަސައްކަތް ކުރީ މާލެއަށް ކަމަށާއި އެ މީހުން ހުއްޓުވައި ހައްޔަރުކުރީ ހައިވޭއިން ދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ރުސްތުމް އިބްރާހިމް (25އ.) އަދި އަބްދުالله ޒާހިދު ޒުބައިރު (18އ.) އެވެ. އެ މީހުން ހުއްޓުވި ތަނުން މާރާމާރީ ހިންގަން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރާއި ވަޅިއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ