ގެނބުނު މީހާގެ ހާލު އަދިވެސް ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި

މިދިޔަ އާދިއްތަ ދުވަހު، މާލޭ ނޯތު ހާބަރު ސަރަހައްދުގައި އޮޔާދަނިކޮށް ސަލާމަތްކުރި މީހާއަށް އަދިވެސް ފަރުވާދެނީ އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ނޯތު ހާބަރު ސަރަހައްދުން ގެނބެނިކޮށް ސަލާމަތްކޮށްފައިވަނީ ފިރިހެނެކެވެ. އޭނާ ސަލާމަތްކުރީ ހާބަރުގައި އޮތް ދޯންޏަކުން އެއްޗެއް ނަގަން ދިޔަ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ކުރީގެ ރައީސް އަބްދުއްﷲ އަރީފް (ފުކޫ)އެވެ. އޭނާ ފުރަތަމަ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފެށީވެސް ވެންޓިލޭޓަރުގައެވެ. 'ސަން'އަށް މައުލޫމާތު ދެމުން މިއަދު އައިޖީއެމްއެޗުން ބުނީ އޭނާއަށް ފަރުވާދެމުން އަންނަނީ އަދިވެސް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓީލޭޓަރުގައި ކަމަށެެވެ. https://sun.mv/206205 ގެނބުނު މީހާ ސަލާމަތްކޮށްދިން ވާހަކަ 'ސަން'އަށް ހިއްސާކުރަމުން ފުކޫ ބުނީ އޭނާ ފަތާފައި ގޮސް އެ މީހާއާ އަރާ ހަމަވިއިރު އެމީހާ އެއްކޮށް އަޑިއަށް ގޮސްފައި ވާކަމަށެވެ. އެހެންކަމުން އޭނާ ލައިގެން އޮތް ޖިންސުގައި ހިފައި މައްޗަށް ނެގުމަށް ފަހު ބޮއެ ފަތީގެ އެހީގައި ގެނައީ ކަމަށް އޭނާ ބުންޏެވެ. އެމީހާ އެއްގަމަށް ގެނެވުނުއިރު އަނގައިން ފޮނު އަރާފައި އޮތް ކަމަށާއި ފުކޫއަށް އެއްގަމަށް އެރުނުއިރު އޭނާ އޮތީ ރިކަވަރީ ޕޮޒިޝަންގައި ކަމަށާއި އޭރު އެމްބްއުލާންސަށް ވެސް ގުޅާފައި ވާކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ