ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުލަަކަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މުލަކަތޮޅުގައި ބީއެމްއެލްގެ ޚިދުމަތް ދޭން ފެށިތާ 30 އަހަރު ވެގެން ދިޔައިރުވެސް އެ އަތޮޅުގެ އިތުރު އެއްވެސް ރަށެއްގައި އޭޓީއެމް ބެހެއްޓިފައި ނުވެއެވެ. ނަމަވެސް މިހާރު މުލަކަތޮޅުގެ ދިއްގަރު، މަޑުއްވަރި، ރަތްމަންދޫ، މުލަކު، ވޭވަށް، ނާލާފުށި އަދި ކޮޅުފުށީގައި އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 5 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައެވެ.
ބޭންކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ބޭންކުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުމެވެ. މި މަޝްރޫޢު ފުރިހަމަވުމުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެއެވެ.
މުލަަކަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ