309 ދަރިވަރުންނާއެކު ތިލަދުންމަތީ އިންޓަ ސްކޫލް ފެތުމުގެ މުބާރާތް ކުޅުދުއްފުށީގައި ފަށައިފި އެވެ.
ސްވިމިންގ އެސޯސިއޭޝަން އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި ހއ، ހދ އަދި ށ އަތޮޅުގެ 16 ސްކޫލަކުން ވާދަކުރެ އެވެ.
މުބާރާތްތަކުގައި ވާދަކުރާ ސްކޫލްތައް:
މުބާރާތްތަކުގައި ވާދަކުރާ ސްކޫލްތައް:ޖަލާލުއްދީން ސްކޫލްއަފީފުއްދީން ސްކޫލްހއ އަތޮޅު ތައުލީމީ މަރުކަޒުހދ އަތޮޅު ތައުލީމީ މަރުކަޒުށ ފުނަދޫ ސްކޫލްހދ ހަނިމާދޫ ސްކޫލްހދ މަކުނުދޫ ސްކޫލްސެއިހް އިބުރާހިމް ސްކޫލް (ކެލާ)ށ ޅައިމަގު ސްކޫލްހދ ނައިވާދޫ ސްކޫލްށ އަތޮޅު މަދަރުސާހއ ފިއްލަދޫ ސްކޫލްހދ އަތޮޅު މަދަރުސާށ ފީވަކު ސްކޫލްށ އަތޮޅު ތައުލީމީ މަރުކަޒުށ ފޭދޫ ސްކޫލް
ތިލަދުންމަތީ އިންޓަ ސްކޫލް ފެތުމުގެ މުބާރާތުގައި މިއަދު ހަވީރު ކުރިއަށްދިޔަ އިވެންޓެއްގެ ތެރެއިން--ފޮޓޯ ސިޓީ ކައުންސިލް
309 ދަރިވަރުން ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ކުޅުދުއްފުށީ ރަށްމަތިފަނުން، ސްވިމިން ޓްރެކް ސަރަހައްދުގަ އެވެ. މިއަދު ހަވީރު ފެށި މި މުބާރާތް ފަސް ދުވަހަށް ދެމިގެންދާނެ އެވެ.
މި މުބާރާތުގެ އިވެންޓްތައް ކުރިއަށްދާނީ ހެނދުނު އާއި ހަވީރެވެ.މިއީ މި މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ.
ތިލަދުންމަތީ އިންޓަ ސްކޫލް ފެތުމުގެ މުބާރާތް ކުޅުދުއްފުށީގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ