އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅޭ މެޗުގައި އެ ޓީމާއި އަލަށް ގުޅުނު ކުޅުންތެރިން ފެންނާނެ ކަމަށް ކޯޗު ޕެޕް ގަޑިއޯލާ ބުނެފި އެވެ.
މިހާރު ކުރިއަށްދާ ޖެނުއަރީ ޓްރާންސްފާ ވިންޑޯ ގައި މެންޗެސްޓަރ ސިޓީ އިން ވަނީ 123 މިލިއަން ޕައުންޑް ހަރަދުކޮށް ތިން ކުޅުންތެރިން ހޯދާފަ އެވެ. އެގޮތުން ބްރެޒިލްގެ ޒުވާން ޑިފެންޑަރ ވިޓަރ ރެއިސް އާއި އަބްދުކާދިރު ކުސަނޯވްގެ އިތުރުން މިސްރުގެ އުމަރު މަރްމޫޝް ވަނީ ސިޓީ އާއި ގުޅިފަ އެވެ.
ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ޗެލްސީ އާއި މެންޗެސްޓަރ ސިޓީ އިން މަސައްކަތް ކުރަމުންދާއިރު ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލުގެ 4 ވަނައިގަ އެވެ. މެންޗެސްޓަރ ސިޓީއަށް 22 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު އެ ޓީމު އޮތީ 5 ވަނައިގަ އެވެ.
ފާއިތުވެދިޔަ ހަތަރު އަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ ސިޓީ އަށް މި ސީޒަނުގައި ލީގު ކާމިޔާބު ކުރުމަކީ ވަރަށް އުނދަގޫ އަދި ނާދިރު ކަމެކެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އާއި އެ ޓީމާއި ދެމެދު 12 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
ގަޑިއޯލާ އިތުރަށް ބުނެފައިވަނީ މީގެ ކުރިން ސިޓީ އާއި ދެކޮޅަށް ކޮންމެ ޓީމެއް ނިކުތް ނަމަވެސް އެ ޓީމެއް މެންޗެސްޓަރ ސިޓީ ދެކެ ޖެހިލުންވާ ކަމަށާއި ނަމަވެސް މިހާރު އެ ވިސްނުމެއް އެއްވެސް ޓީމެއްގެ ނެތް ކަމަށެވެ. އަދި އެއީ ރަގަޅު ކުރަން ބޭނުންވާ ކަމެއް ކަމަށާއި އެކަން ރަގަޅު ނުކޮށް ސިޓީ އަށް ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބިގެން ނުދާނެ ކަމަށެވެ.
ސިޓީ އާއި ދެކޮޅަށް ނިކުންނަ ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައިވަނީ ސިޓީ ރަގަޅު ފޯމެއްގައި މިވަގުތު ނެތް ނަމަވެސް އެ ޓީމަކީ ބަލިކުރަން އުނދަގޫ ޓީމެއް ކަމަށެވެ. ޗެލްސީ އަށް ވެސް ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ.
މަރެސްކާ ވަނީ މީގެ ކުރިން މެންޗެސްޓަރ ސިޓީގައި ގަޑިއޯލާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
ޗެލްސީ އާއި ދެކޮޅަށް އައު ކުޅުންތެރިން ފެންނާނެ: ގަޑިއޯލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ