ސިޑްނީ، އޮސްޓްރޭލިއާ (މެއި 16) - އޮސްޓްރޭލިއާގެ ޓެނިސް ތަރި، ނިކް ކިރްގިއޯސް، އަށް އަަހަރަށް ފަހު، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ފްރެންޗް އޯޕަން ކުޅެން ނިންމައިފި އެވެ.
ކިރްގިއޯސް، 30، އެންމެ ފަހުން ފްރެންޗް އޯޕަންގައި ކުޅެފައިވަނީ، 2017 ވަަނަ އަހަރު އެވެ. މި ފަހަރުގެ މުބާރާތުގައި ކިރްގިއޯސް ކުޅެން ނިންމާފައިިވަނީ، އޮސްޓްރޭލިއާގެ ޖޯޑަން ތޮމްޕްސަންއާ އެކު، މެންސް ޑަބަލްސްގަ އެވެ.
ފާއިތުވި ހަތަރު ވަރަކަށް އަހަރަށް ބަލާއިރު، އަނިޔާގެ އެކި މައްސަލަތަކުގެ ސަބަބުން ކިރްގިއޯސް އަށް ގިނަ މުބާރާތްތަކެއް ގެއްލިފައިވާއިރު، އެއްކޮށް ރަނގަޅު ފޯމަށް އެޅެން ކުރާ މަސައްކަތުގައި އަދިވެސް އަލިމަގެއް ނުފެނެ އެވެ. މި އަހަރު ފެށި ފަހުން، ކިރްގިއޯސް އަށް މެންސް ސިންގަލްސްގައި ކުޅެވުނީ އެންމެ ހަތަރު މެޗެވެ.
ތޮމްޕްސަންގެ ޑަބަލްސް ޕެއާ ޕާޓްނަރަކަށް، ކިރްގިއޯސް ނަގަން ނިންމީ، އޭނާއާ އެކު، ގަވާއިދުން ކުޅެމުން އައި، މެކްސް ޕާސަލް އަށް މަނާބޭހުގެ މައްސަލައެއްގައި، 18 މަސް ދުވަހުގެ ސަސްޕެންޝަނެއް އަތުވެ، އެ އަށް އަމަލުކުރަން ޖެހުމުންނެވެ.
ކުރިން ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުގައި ވާދަކުރި ކިރްގިއޯސް، ފްރެންޗް އޯޕަންގައި ކުޅެން ނިންމި އެންމެ ބޮޑު ސަބަބަކީ، މި އަހަރުގެ ވިމްބަލްޑަން މުބާރާތް އަންނަންވާއިރަށް، ސިންގަލްސް ކުޅެވޭ ވަރަށް ފިޓްނަސް އާއި ފޯމު ރަނގަޅު ކުރުމަށެެވެ.
މެންސް ޑަބަލްސް ޓެނިހުގައި މީގެ ކުރިން ވެސް ކިރްގިއޯސް ވަނީ ވާދަކޮށްފަ އެެވެ. އެ ގޮތުން، 2022 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ މެންސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ކިރްގިއޯސް އާއި ތަނާސީ ކޮކިނާކިސްގެ ޕެއާ އެވެ. ޖޯޑަން އާއި ޕާސަލްގެ ޕެއާ އިން ވަނީ، މިދިޔަ އަހަރުގެ ޔޫއެސް އޯޕަން މެންސް ޑަބަލްސް ތަށި ހޯދައިފަ އެވެ.
ފްރެންޗް އޯޕަން މުބާރާތް ފަށާނީ މި މަހު 25 ވަނަ ދުވަހު އެވެ.
ކިރްގިއޯސް، އަށް އަހަރު ފަހުން ފްރެންޗް އޯޕަން އަށް ކިރްގިއޯސް، އަށް އަހަރު ފަހުން ފްރެންޗް އޯޕަން އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ