ޑެންގީ ހުން ޖެހިގެން ޒުވާން އަންހެން ކުއްޖަކު ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ޒުވާން އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ރޭގެ ވަގުތެއްގައި ނިޔާވެފައި ވަނީ މ. މުލި އަތަމާގޭ އައިޝަތު އަންޖަލް މުމްތާޒް، 17 އެވެ. އޭނާ ނިޔާވީ މުލީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
އަންޖަލްގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މިއަދުގެ ހުކުރު ނަމާދަށް ފަހުގައެވެ.
މި މަހުގެ މެދުތެރޭގައި ވެސް ޒުވާން ފިރިހެނަކު ޑެންގީ ޖެހިގެން ނިޔާވެފައިވެއެވެ. އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 13 ވަނަ ދުވަހު ނިޔާވެފައި ވަނީ ށ. މިލަންދޫ އަށް ނިސްބަތްވާ ނަބްހާން މުހައްމަދު، 22 އެވެ.
ރާއްޖޭގައި ޑެންގީ ހުން އިތުރުވަމުން އަންނާތީ، މިކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ