އެލްޖީއޭގެ ރައީސްކަމަށް މިނިސްޓަރު ޒަމީރު

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކޮށްފިއެވެ.
އެ އޮތޯރިޓީން ވަނީ ޒަމީރު އެ މަގާމަށް އައްޔަންކުރުމުން މަރުހަބާ ކިޔައިފައެވެ.
ލޯކަލް ކައުންސިލްތަކާ ބެހޭ މިނިސްޓްރީ އުވާލުމަށްފަހު، ފިނޭންސް މިނިސްޓަރު ކައުންސިލްތައް ރެގިއުލޭޓްކުރާ އޮތޯރިޓީގެ ރައީސްކަމަށް އައްޔަންކުރެއްވިއިރު، މީގެ ކުރިން އެ މަގާމުގައި ހުންނަވަނީ ހޯމް މިނިސްޓަރެވެ.
ސަރުކާރުން ވަނީ އެލްޖީއޭގެ ސީއީއޯގެ މަގާމަށް ވެސް ދެ ފަހަރެއްގެ މަތިން ބަދަލު ގެނެސްފައެވެ.
އެގޮތުން ފުރަތަމަ އެ މަގާމުގައި ޑރ. މަރިޔަމް ޒުލްފާ ހުންނެވިއިރު، މިހާރު އެ މަގާމު ފުރުއްވަމުން ގެންދަވަނީ ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ