ދިވެހި ބަހުގެ އެކެޑަމީގެ ރައީސަކަށް ޝާކިރު

ދިވެހި ބަހުގެ އެކެޑަމީގެ ރައީސަކަށް ޅެންވެރިޔާ ޙަސަން ޝާކިރު މުހައްމަދު ހޮވިވަޑައިގެންފި އެވެ.ދިވެހިބަހުގެ އެކަޑެމީގެ ރައީސް ކަމަށް ޝާކިރު ހޮވީ މިއަދު ބޭއްވި އެކަޑެމީގެ މެންބަރުންގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓަކުންނެވެ. ޝާކިރު ހިމެނޭ ގޮތަށް އެކަޑެމީގައި ތިއްބަވާ ފަސް މެންބަރުންވެސް ވަނީ ޝާކިރަށް ވޯޓު ދެއްވާފަ އެވެ.ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ކަމުގެ މަގާމަށް ޝާކިރު ހޮވިވަޑައިގަތީ، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް މިދިޔަ މަހު 31ގައި އިސްތިއުފާ ދެއްވުމުން އެ މަގާމަށް އާ ބޭފުޅަކު ހޮވުމަށް ކުރިއަށްގެންދިޔަ މަރުހަލާއަށްފަހުގަ އެވެ.އެކަޑެމީގެ ގާނޫނުގައިވާ ގޮތުން އެ ތަނުގެ ރައީސް ކަމަށް ބޭފުޅަކު ހޮވަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެކަޑެމީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ