މާލޭގައި މާދަމާ ފަށާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ލީގުގައި ރާއްޖެ ތަމްސީލުކުރަނީ ކްލަބް ވެމްކޯ އާއި ހުރާ ކޮމިއުނިޓީ ކްލަބް ކަމަށް ކަނޑައަޅައިފި އެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން އެހެން ފަސް ގައުމެއްގެ ކްލަބްތަކުން ވާދަކުރާނެ އެވެ. އެއީ، ސްރީ ލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބް، ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކްލަބް، ނޭޕާލްގެ ޕޮލިސް ކްލަބް، އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކްލަބް އަދި އިރާނުގެ ފޫލާދު މުބާރަކާ ސެޕަހާން އެވެ.
މާދަމާ އިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުޅޭ މި މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ، ވެމްކޯ، ހިރުދަރަމާނީ އަދި ޓުރާން އެވެ. ގްރޫޕް ބީގައި ހިމެނެނީ، ނޭޕާލް ޕޮލިސް ކްލަބް، ހޫމޯ ވޮލީބޯލް ކްލަބް، ފޫލާދު މުބާރަކާ ސެޕަހާން އަދި ހުރާ އެެވެ.
ރާއްޖޭގައި މީގެ ކުރިން 2024 ވަނަ އަަހަރު ބޭއްވި ކާވާ ވިމެންސް ކްލަބް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ނޭޕާލް ޕޮލިހުން ހޯދީ ފައިނަލުގައި ހޫމޯ ބަލިކޮށްފަ އެވެ. އަދި، ވެމްކޯ އިން ތިން ވަނަ ހޯދީ ލަންކާ އެއާފޯސްގެ މައްޗަށް ކުރިހޯދައިގެންނެވެ.
ރާއްޖޭގެ ހުރާ އިން ފުރަތަމަ ފަހަަރަށް ބައިނަލްއަގުވާމީ ވޮލީބޯޅަ މުބާރާތެއްގައި ވާދަކުރާއިރު، މިިދިޔަ އަަހަރު އެ ޓީމުން ވަނީ ރާއްޖޭގެ ވޮލީބޯޅަ ސީޒަނުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުރިއަށްގެންދަނީ.--- ފޮޓޯ: ހައުސިން މިނިސްޓްރީ
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކުރިއަށްގެންދިޔައީ ސޯޝަލް ސެންޓަރު އިންޑޯ ހޯލުގަ އެވެ. މިދިޔަ ހޮނިހިރު ދުވަހު އެކަން ސޯޝަލް އިންޑޯގައި ކުރިއަށްދިޔައިރު، އެރޭ އެކަން ވަނީ ނިމިފަ އެވެ. އެހެން ނަމަވެސް، ކާވާ މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ސޯޝަލް އިންޑޯގައި ޕްރެކްޓިސް ކޮށްލަން ނުލިބޭ ކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ވަނީ ހިއްސާކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން، "އަދަދު ސްޕޯޓްސް" އިން ކުރި ސުވާލަށް ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލް ބުނެފައިވަނީ، ވޮލީބޯލް އެސޯސިއޭޝަނުން ކާވާ މުބާރާތް ބޭއްވުމަށް ސޯޝަލް އިންޑޯ ހޯދަން އެދިފައިވަނީ، މި މަހު އެއް ވަނަ ދުވަހުން ފެށިގެން ކަމަށާއި އެދިފައިވާ ގޮތަށް އެ ދުވަހު އެސޯސިއޭޝަނަށް އިންޑޯ ހަވާލުކުރެވުނު ކަމަށެވެ.
މިނިސްޓްރީން ބުނީ، ކޮންމެ އަހަރެއް ވެސް ފެށުމުގެ ކުރިން، ސޯޝަލް އިންޑޯ ބޭނުންކުރާ ތިން ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ ވޮލީބޯލް އެސޯސިއޭޝަނާއި ބާސްކެޓްބޯލް އެސޯސިއޭޝަން އަދި ނެޓްބޯލް އެސޯސިއޭޝަނާ މަޝްވަރާ ކުރެވި ތިން ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގެ ޝެޑިއުލެއް ހެދިގެންދާ ކަމަށާއި އޭގެއާ އެއްގޮތަށް އަމަލުކުރަމުން އަންނަ ކަމަށެވެ.
ކާވާ ވިމެންސް ލީގުގައި ރާއްޖެ ތަމްސީލްކުރަނީ ވެމްކޯ އާއި ހުރާ ކާވާ ވިމެންސް ލީގުގައި ރާއްޖެ ތަމްސީލްކުރަނީ ވެމްކޯ އާއި ހުރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ