ރޭ މާލޭގައި އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ މަގުމަތީ ހަރާތުގެ ތެރެއިން މާލޭ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާ ދީފި އެވެ.
ވީ ކިހިނެއް؟ - އާންމު ވެފައިވާ ވީޑިއޯ އިން ފެންނަނީ ހަރަކާތުގެ ބައިވެރިންނާއެކު އެންމެ ކުރީ ސަފުގައި ހުންނަވައި އާޒިމް ހިންގަވާފައި ވަޑައިގަންނަވަނިކޮށް މަގު ހިނގާފައި އައި މީހަކު އާޒިމްގެ މޭމަތީ އަތްއަޅާ ކޮއްޕާލާތަނެވެ.
ތަފްސީލް - އެއާ އެކު އާޒިމް އަރިހުގައި ތިއްބެވި މީހުންގެ ތެރެއިން ބަޔަކު، އެ މީހާއަށް ރައްދުގައި ހަމަލާދޭތަން ވެސް ފެނެ އެވެ.
އެ ހަމަލާގެ ސަބަބުން ލިބިވަޑައިގަތް އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް އާޒިމް ވަނީ ރޭ ފަހުން އޭޑީކޭ ހޮސްޕިޓަލަށް ވެސް ވަޑައިގެންފަ އެވެ.
އާޒިމްއަށް ދިން ހަމަލާ ކުށްވެރިކުރައްވާ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ވަގުތީ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ ވަނީ މިހަމަލާ ތަހުގީގުކޮށް މާލޭ މޭޔަރަށް ދޭން ޖެހޭ ފުރިހަމަ ރައްކާތެރިކަން ދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވައިފަ އެވެ.
އާޒިމްއަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުންދޭތޯ ސުވާލު ކުރުމުން އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
އެމްޑީޕީ އެއްވުމުގެ ތެރެއިން މާލޭ މޭޔަރު އާޒިމަށް މަގުމަތިން ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ