ބަޔާނުގައި ވާގޮތުން، މިދިޔަ އާދިއްތަ ދުވަހުގެރޭ 21:00 ގައި މޯލްޑިވްސް ބްލަޑް ސާވިސަސްގެ ހިދުމަތް ދީ ނިމުމާއެކު މަރުކަޒު ބަންދުކުރި ފަހުން، ލޭގެ ރައްކާތެރިކަން ކަށަވަރިކުރުމަށް ހެދިފައިވާ ކަމާގުޅޭ ބައިނަލްއަގުވާމީ މިންގަނޑަށް ހުރިކަން ކަށަވަރު ކުރުމަށް ހަދާ ސިއްހީ ތަހުލީލުތަކާއި، ކްރޮސް މެޗް ހަދައި ނިމި ރަނގަޅު މިންގަނޑުގައި ހުރިކަން ކަށަވަރުވުމުން، ލޭ ރައްކާކުރުމަށް ބަހައްޓާ ފްރީޒަރު ނަންބަރު ދޭއްގައި ހަ ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގެ ފިނި ހޫނުމިނުގައި ލޭ ރައްކާކޮށްފައި ވަނިކޮށް، ދެ ނަންބަރު ފްރީޒަރަކަށް ޓެކްނިކަލް މައްސަލައެއް ދިމާވިއެވެ.
އެހެންނަމަވެސް، ފްރީޒަރަށް މައްސަލަ ދިމާވުމާ ގުޅިގެން އިދާރާއިން ބަލަންޖެހޭ ކަންކަން ބަލައި، ދެނެގަތުމުގެ މަސައްކަތް ކުރަމުން ދިޔަ ވަގުތުގެ ތެރޭގައި، ހޯމަ ދުވަހު ތެލެސީމިއާ ސެންޓަރުގައި ލޭ އެޅުމަށްޓަކައި ލޭ އަޅާ މީހުން ތިބޭ ވާޑުގައި މަޑުކޮށްގެން ތިބި ތިން މީހަކަށް، އެމީހުންނަށް ލޭ އެޅުމުގެ ބޭނުމަށް އޭގެ ކުރީ ދުވަހު (އާދިއްތަ ދުވަހު) ކަނޑައަޅައި ފްރީޒަރުގައި ރައކާކޮށްފައި ހުރި ލޭ (ހޯމަ ދުވަހުގެ) ހެނދުނުގެ ވަގުތެއްގައި އަޅާފައިވާކަން އެ ދުވަހުގެ ހެނދުނު 09:30 ހާއިރު ފާހަގަކުރެވުނު ކަމަށް ބަޔާނުގައި ބުންޏެވެ.
ކުނި ލޭ އެޅި ވާހަކަ ދޮގުކޮށް، ކަން ހިނގައި ދިޔަގޮތް ސާފުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ