ކުއަލަ ލަމްޕޫރު، މެލޭޝިއާ (މާޗް 17) - އޭޝިއަން ކަޕް ކޮލިފައިންގައި މެލޭޝިއާ އިން ގަވާއިދާހިލާފަށް ކުޅުންތެރިންތަކެއް ލައްވައި ކުޅުވި މައްސަލައިގައި އެ ޓީމު 50،000 ޑޮލަރުން ޖޫރިމަނާކޮށް، އެ ކުޅުންތެރިންތައް ލައިގެން ކުޅުނު މެޗުތަކުގެ ޕޮއިންޓް އުނިކޮށްފި އެވެ.
ގަވާއިދާ ހިލާފަށް މެލޭޝިއާ އިން ހަތް ކުޅުންތެރިއަކު ލައްވައި މެޗުތަކުގައި ކުޅުވި މައްސަލައިގައި ފީފާ އިން ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މެލޭޝިއާ، 444،275 ޑޮލަރު، އެ މައްސަލައިގައި، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ވަނީ ފީފާގެ ނިންމުން ދަމަހައްޓައި، 12 މަސް ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކުރަން ނިންމި ނިންމުން ރަސްމީ މެޗުތަކަށް އެކަނި ބަދަލުކޮށްފަ އެވެ.
އޭއެފްސީގެ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބެލުމަށް ފަހު، މެލޭޝިއާ ފުޓްބޯލް އެސޯސިއޭޝަން، 50،000 ޑޮލަރުން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ވަނީ އަންގައިފަ އެވެ. މެލޭޝިއާ ފުޓްބޯލް އެސޯސިއޭޝަނުން އެ ކުޅުންތެރިންގެ ލިޔެކިޔުންތައް ފޯޖުކޮށްގެން ކަންކަން ކުރި މައްސަލައިގައި އޭއެފްސީން އިތުރު އަދަބެއް ނުދެ އެވެ.
އޭއެފްސީން ވަނީ މެލޭޝިއާގެ ދެ މެޗެއްގެ ޕޮއިންޓް އުނިކުރަން ނިންމައިފަ އެވެ. އެއީ، ނޭޕާލާއި ވިއެޓްނާމާ ދެކޮޅަށް މެލޭޝިއާ އިން ކުޅުނު ދެ މެޗެވެ. އެ ދެ މެޗު، ނޭޕާލާއި ވިއެޓްނާމް 3-0 އިން މޮޅުވީ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އޭއެފްސީން އެޅި މި ފިޔަވަޅުތަކާ އެކު، އޭޝިއަން ކަޕަށް ކޮލިފައިވުމަށް، މެލޭޝިއާ އިން ކުރި މަސައްކަތް ނާކާމިޔާބުވާނެކަން ޔަގީންވީ އެވެ.
މެލޭޝިއާ 50،000 ޑޮލަރުން ޖޫރިމަނާކޮށް، ޕޮއިންޓްތަކެއް އަތުލައިފި މެލޭޝިއާ 50،000 ޑޮލަރުން ޖޫރިމަނާކޮށް، ޕޮއިންޓްތަކެއް އަތުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ