މިހާތަނަށް ރާއްޖޭގެ ސިޔާސީ ތާރީހުގައި ސިޔާސީ ޕާޓީއެއްގައި ނެތް ވަރުގެ ބޮޑު އޮފީހެއް ވެރިކަމުގައި އޮތް ޕީއެންސީން މިރޭ ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ، އިދިކޮޅު އެމްޑީޕީ އަދި އެ ޕާޓީގެ ތެރެއިން އެފެއްދި ދަ ޑިމޮކްރެޓްސްގެ ހަަރުގެ މީގެ ކުރިން ހުރި ހ. ވެޔޮވިލާގޭގައި ގާއިމްކޮށްފައިވާ ޕީއެންސީ އޮފީސް ހުޅުވައިދެއްވީ މިރޭ އެކަމަށްޓަކައި އެ ތަނުގައި ބޭއްވި ހާއްސަ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލު - އެ ތަން ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ އެ އޮފީސް ގާއިމްކުރުމުގައި މަސައްކަތްކޮށްދެއްވި އެންމެންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުރި އޮފީސް ބޮޑެތި މަރާމާތުތަކާއި އިތުރު ފަންގިފިލާތަކާ އެކު ޖުމްލަ ފަސް ފަންގިފިލާއަށްވާ ގޮތަށް ގާއިމްކުރި މި އޮފީސްގެ އެންމެ ތިރީ ބަޔަކީ ޕީއެންސީގެ ޖަލްސާ ބާއްވާ ހަރުގެ އެވެ.
މި އޮފީހުގެ ބޭރުގައި ބޮޑު ލެޑް ޓީވީއަކާ އެކު ޒަމާނީ ފެންވަރަށް ހަދާފައިވެ އެވެ. ބޭރުން ބަލާއިރު، މިކަމަށް ބޮޑު ހޭދައެއްކޮށްފައިވާ ކަމަށް ބެލެވެ އެވެ.
ސިޔާސީ ޕާޓީއަކުން މިހާތަނަށް ނުހަދާ ވަރުގެ ބޮޑު އޮފީހެއް ޕީއެންސީން ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ