އަމިއްލަ ފަސްގަނޑުގައި ރާއްޖެ މިރޭ ސްރީ ލަންކާއާ ދެކޮޅަށް

މީގެ 38 އަހަރު ކުރިން މާލެއަށް ފުޓްބޯޅައިގެ ވަރަށް ތަފާތު އީދެއް އަ އެވެ: އޭޝިއާގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް މެޗުތަކެވެ.
ކުއޭތާއި އިރާގު ފަދަ އޭރު އޭޝިއާގެ އެންމެ ވަރުގަދަ ގައުމުތަކުން ރާއްޖެ ހިމެނު ގްރޫޕްގައި ވާދަކުރި އެވެ.
އެފަހަރުގެ ބައެއް މެޗުތައް ގަލޮޅު ދަނޑުގައި އޮތީ ހެނދުނެވެ. ފޯރިއަރުވަން އެފްއޭއެމުން ރޭވި އެއް ކަމަކީ މާލޭގެ ސްކޫލްތަކުގެ ދަރިވަރުން ދަނޑަށް ވެއްދުމެވެ. އެހެންކަމުން ޔުނީފޯމްގައި އެތައް ސަތޭކަ ދަރިވަރުން ގަލޮޅު ދަނޑަށް ވަދެ ރާއްޖޭގެ ޓީމަށް ސަޕޯޓްކުރި އެވެ. ނަތީޖާ ކިތައްމެ ދަށްކޮށް ދިޔަސްމެ އެވެ.
މިއަދު ގަލޮޅު ދަނޑުގައި އެ ފަށަނީ އެފަދަ ބައިނަލްއަގުވާމީ މުބާރާތެކެވެ. މި ސަރަހައްދުގެ 20 އަހަރުން ދަށުގެ މުބާރާތެވެ. މިއީ ސާފް 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. އެހެންކަމުން އަރަމުން އަންނަ ދިވެހި ފުޓްބޯޅަ ކުޅުންތެރިންގެ ކުޅުން ހަމަ ލޮލުން ބަލާލައި، ސަޕޯޓްކުރަން މިއީ ރަނގަޅު ފުރުސަތެކެވެ.
ރާއްޖޭގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އަވަށްޓެރި ސްރީ ލަންކާއާ ދެކޮޅަށެވެ.
23 އެޕްރީލް: ރާއްޖެ/ސްރީ ލަންކާ (ރޭގަނޑު 8:30)
25 މާޗު: ރާއްޖެ/ބޫޓާން (ރޭގަނޑު 8:30)
27 މާޗު: ރާއްޖެ/ނޭޕާލް (ހަވީރު 3:45)
މުބާރާތުގެ ގްރޫޕް ބީގައި ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާނެވެ.
ސެމީ ފައިނަލް މެޗުތައް އޮންނާނީ 1 އެޕްރީލްގަ އެވެ. ފައިނަލް ކުޅޭނީ 3 އެޕްރީލްގަ އެވެ.
މެޗުތަކުގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. ގޮނޑި ބަރީގެ ޓިކެޓް 25ރ އަދި ސިޑިބަރީގެ ޓިކެޓްގެ އަގު އުޅެނީ 15ރ ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ