ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުއްޝަކޫރު އަބްދުﷲ މިއަދު ނިޔާވެއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އަބްދުއްޝަކޫރު އަބްދުﷲ ނިޔާވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ.
އަބްދުއްޝަކޫރު އަބްދުﷲ ޕޮލިހުގެ ޑެޕިއުޓީ ކޮމިޝަނާގެ މަގަމާ ހަވާލުވުމުގެ ކުރިން ރާއްޖޭގައި އުފެއްދި ފުރަތަމަ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ އިސްވެރިޔަކަށް ހުންނެވި އެވެ.
އޭނާ ނިޔާވިއިރު އަނބިކަނބަލުންނާއި ފަސް ދަރިން ދުނިޔޭގައި ތިއްބެވި އެވެ. އެއީ ތިން އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ.
އަބްދުއްޝަކޫރު އަބްދުﷲ ވަނީ ފުލުހުންގެ ހިދުމަތުގައި 43 އަހަރާއި ދެ މަސް ހިދުމަތްކުރައްވާފަ އެވެ.
ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުއްޝަކޫރު އަބްދުﷲ ނިޔާވެއްޖެ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުއްޝަކޫރު އަބްދުﷲ ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ