މިއަދުގެ ވޯޓުން އެމްޑީޕީ، ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު

މިއަދުގެ ވޯޓުން އެމްޑީޕީ، ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ނެގި ވޯޓުގައި އެމްޑީޕީ ވަނީ ވަރަށް ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށް، ކާމިޔާބު ހޯދައިފައި ކަމަށެވެ. އެގޮތުން ހުރިހާ ސިޓީއެއް، ގިނަ ރަށްރަށެއް، އަދި ފެންނަ ނުފެންނަ ވޯޓުގައި ވެސް ބޮޑު ތަފާތަކުން ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށް ވިދާޅުވިއެވެ. ''ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް އަދި ވާދަވެރިންނަށް ވަރަށް ބޮޑަށް މަރުހަބާ،" ނަޝީދު ލިޔުއްވިއެވެ. https://x.com/MohamedNasheed/status/2040471993351565399 ތަފުސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ