މޯލްޑިވްސް މެރިން އެކްސްޕޯ 2026 މިއަދު ފެށިއިރު، އެ އެކްސްޕޯގައި ހުންނަ ޔަމަހާ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަންތަކެއް އެލިއާ އިންވެސްޓްމަންޓުން ފަށައިފި އެވެ.
ތަފްސީލް - އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯގައި، ޔަމަހާ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ވަރަށް ހާއްސަ އިނާމުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި:
އެއްވަނަ އިނާމަކަށް - ޑައިވާ ބްރޭންޑުގެ ޖިގިން-ފިޝިން ކިޓެއް
ދެވަނަ އިނާމަކަށް - މަލޫބު-އޮއިލް ޕެކޭޖެއް
ތިންވަނަ އިނާމަކަށް - ޓޯޓަލްސް ޓޫލްސް އިމްޕެކްޓް ޑްރިލް އަދި އިމްޕެކްޓް ޑްރައިވާ ކޯޑްލެސް ކޮމްބޯ ސެޓެއް
މި ޕްރޮމޯޝަންގެ އިތުރުން، މެރިން އެކްސްޕޯއާ ދިމާކޮށް ޔަމަހާ އައުޓްބޯޑު އިންޖީނު ގަންނަ ފަރާތްތަކަށް ވެސް ވަނީ ހާއްސަ އޮފާއެއް ހުޅުވާލާފަ އެވެ. އެގޮތުން:
ކޮންމެ ހޯސްޕަވަރެއްގެ އިންޖީނަކާ އެކު ވެސް ހުންގާނު ސިސްޓަމް މުޅިން ހިލޭ ލިބޭނެ
މިއީ އެކްސްޕޯ ތެރޭގައި ޔަމަހާ ސްޓޯލަށް ޒިޔާރަތްކޮށް ނަން ނޯޓުކުރާ ފަރާތްތަކަށް އެކަނި ލިބޭ ފުރުސަތެއް
މިފަހަރުގެ އެކްސްޕޯގައި ޔަމަހާ އައުޓްބޯޑު އިންޖީނުތަކުގެ އިތުރުން، އެންމެ ފަހުގެ ޔަމަހާ ވޭވްރަނާ ވެސް ވަނީ ސްޓޯލުގައި ދައްކާލުމަށް ބަހައްޓާފަ އެވެ.
ފާހަގަކޮށްލެވޭ - އެލިއާއިން ރާއްޖެއަށް އެތެރެކުރާ ޔަމަހާ އައުޓްބޯޑު އިންޖީނުތަކަކީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކޮށް، މާހައުލާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ، ކަސްޓަމަރުންގެ ބޮޑު އިތުބާރެއް ލިބިފައިވާ އުފެއްދުންތަކެކެވެ.
ޔަމަހާގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން އެލިއާއިން ފޯރުކޮށްދޭ ސްޕެއާ ޕާޓްސް އާއި އާފްޓަ ސޭލްސް ސާވިސްއަކީ ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު - 3009797
މެރިން އެކްސްޕޯގެ ޔަމަހާ ސްޓޯލުން އަގުހުރި އިނާމުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ