ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން ކުޅޭ ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގައި ކުޅުނު ފުރަތަމަ މެޗުތަކުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ސީއެޗްއެސްއީ މާލެ މޮޅަކުން ފަށައިފި އެވެ.
އިއްޔެ ހަވީރު ސީއެޗްއެސްއީ ހުޅުމާލެ އަތުން އަހުމަދިއްޔާ މޮޅުވީ 6-0 އިންނެވެ. އަދި، ރޭ ކުޅުނު މެޗުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަތުން ސީއެޗްއެސްއީ މާލެ ވަނީ 2-1 އިން މޮޅުވެފަ އެވެ.
ސީއެޗްއެސްއީ ހުޅުމާލެ ކޮޅަށް އަހުމަދިއްޔާގެ ލަނޑުތައް ޖެހީ ހުސައިން އާއިޝް، މުހައްމަދު ޒޮރޯން، އައްފާން ބިން އަހުމަދު، އަހުމަދު އަކްމަލް އަދި ސީއެޗްއެސްއީ ހުޅުމާލެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި އަކުމަލް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
ރޭ ކުޅުނު މެޗުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ޔޫސުފް ނާމިކް އަތުން ބައިކޮޅަށް ވަން ގޯލުން ސީއެޗްއެސްއީ މާލޭން ލީޑުނެގި އެވެ. އެކަމަކު، އަހުމަދު ލައިތު އައްބާސް ލަނޑު ޖަހައި، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް އެއްވަރުކޮށްދިން ނަމަވެސް، މުހައްމަދު ސާއިމް އިބްރާހިމް ލަނޑު ޖަހައި، ސީއެޗްއެސްއީ މާލެ މޮޅުކޮށްދިނެވެ.
މުބާރާތުގެ މެޗުތައް ދެން އޮތީ މާދަމާ އެެވެ. ހަވީރު ކުޅޭ މެޗުގައި އަހުމަދިއްޔާ އިން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާ ކުޅޭއިރު، ރޭގަނޑު ކުޅޭ މެޗުގައި، ބައްދަލުކުރާނީ ސީއެޗްއެސްއީ މާލެ އާއި ސީއެޗްއެސްއީ ހުޅުމާލެ އެވެ.
މި މުބާރާތަކީ، ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ސްކޮޑު އެކުލަވާލުމުގައި ވެސް މުހިންމު މުބާރާތެކެވެ.
ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ މުބާރާތް: އަހުމަދިއްޔާ އާއި ސީއެޗްއެސްއީ މާލޭން މޮޅަކުން ފަށައިިފި ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ މުބާރާތް: އަހުމަދިއްޔާ އާއި ސީއެޗްއެސްއީ މާލޭން މޮޅަކުން ފަށައިިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ