ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް

ކެބިނެޓަށް ބަދަލު ގެނެސް އައްޔަން ކުރެއްވި ވަޒީރުންނަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނެވީ މި މަހުގެ 14 އަދި 15ގައެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގެ އަދަދު 20 އިން 15 އަށް މަދުކޮށް، 10 ވަޒީރަކު އިސްތިއުފާ ދެއްވި އެވެ. މި ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށް އެ ވަޒީރުން ވަނީ ވިދާޅުވެފަ އެވެ.ކެބިނެޓަށް ގެންނެވި ބަދަލުތަކާއި އައްޔަން ކުރެއްވި މިނިސްޓަރުންމިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް - މޫސާ ޒަމީރުމިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ - އަލީ އިހްސާންމިނިސްޓާ އޮފް ފޮރިން އެފެއާޒް - އިރުތިޝާމް އާދަމްމިނިސްޓާ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ޑރ. އިސްމާއީލް ޝަފީއުމިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ - ގީލާ އަލީމިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް - މުހައްމަދު ސައީދުމިނިސްޓާ އޮފް އިސްލާމިކް އެފެއާޒް އެންޑަވަމަންޓްސް - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުމިނިސްޓާ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން - މުހައްމަދު އަމީންމިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް - އަބްދުﷲ ރާފިއުމިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް - ހީނާ ވަލީދުމިނިސްޓާ އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް - ޑރ. އަބްދުﷲ މުއްތަލިބްމިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ - އަލީ ޝަރީފުމިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް - އަހުމަދު ޝިޔާމްމިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް - ހަސަން ރަޝީދުމިނިސްޓަރު އަހުމަދު ޝިޔާމް އާއި ހަސަން ރަޝީދު ފިޔަވައި ދެން ތިއްބެވި ވަޒީރުން މަގާމަށް އައްޔަން ކުރެއްވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އަހުމަދު ޝިޔާމް އާއި ހަސަން ރަޝީދު އައްޔަން ކުރެއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއަށް ފޮނުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ