ގެއެއްގެ ތެރެއިން 200 ގްރާމްގެ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި 200،000ރ. އިން ޖޫރިމަނާކޮށް، 50 އަަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ވީ ކިިހިނެއް؟ - ޔޫސުފް ރިޒާ ކިޔާ މީހެއްގެ މައްޗަށް ދައުލަތުން މި މައްސަލާގައި ދައުވާކޮށްފައިވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.
ދައުވާގައިވާ ގޮތުން، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރަނީ 7 މޭ 2024ގައި ހ. ސްނޯލިލީ ގެއިންނެވެ. 200 ގްރާމުގެ މަސްތުވާތަކެތި ފެނިފައިވަނީ، އެ ގޭގެ އެޕާޓުމަންޓެއްގެ ސީލިންގު މަތިން އަދި މޭޒުމަތިންނާއި ކަބަޑެއްގެ ތެރެއިންނެވެ.
ތަފްސީލް - މި ދައުވާތަކަށް ޔޫސުފް ރިޒާ އިންކާރުކޮށް ބުނެފައިވަނީ، އޭނާ އެ ގެއަށް ވަނީ ރަހުމަތްތެރިންގެ ހުއްދަލިބިގެން "ވަގުތު ހޭދަކޮށްލަން" ކަމަށެވެ. އޭނާއަކީ ކެނަބިސް ބޭނުންކުރާ މީހެއް ކަމަށް ދެކޮޅު ނުހަދާ ކަމަާށާއި އެކަމަކު އެހާ ގިނަ އަަަދަދެއްގެ ކެނަބިސް އެ ތަނުގައި ގެންގުޅޭކަން އޭނާއަށް އެނގިފައިނުވާ ކަމަށެވެ. އަދި އެއީ އޭނާގެ ކޮންޓްރޯލް އޮތް ތަނެއް ކަމަށް އިންކާރުކޮށްފައިވެ އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނީ:
އެ ގޭގެ ތެރެއިން ޔޫސުފް ރިޒާގެ އަގުބޮޑެތި މުދާތަކެއް އަދި ޑިޖިޓަލް ކައްޓާއެއް ފެނިފައިވޭ؛ އެތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް އެއްބަސްވެފައި ވެސްވޭ
ކޮންޓްރޯލް ނެތް ތަނެއްގައި މީހެއްގެ ބައިވަރު އަގުބޮޑު މުދާތަކެއް ހުރުމަކީ ބުއްދީގެ ގޮތުން ބެލި ނަމަވެސް ގަބޫލުކުރެވޭ ކަމެއް ނޫން
އެހެންކަމުން އެ ތަނަކީ ޔޫސުފް ރިޒާގެ ފުރިހަމަ ކޮންޓްރޯލް އޮތް ތަނެއް ކަމަށް ގަބޫލުކުރެވޭ
އެހެންވެ، ދައުވާތައް ސާބިތުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ، ކެނަބިސް ޓްރެފިކް ކުރުމުގެ ކުށާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަށް، ވަކިވަކިން 25 އަހަރުގެ ޖަލު ހުކުމަކާ އެކު 100،000ރ.ގެ ޖޫރިމަނާއެކެވެ. އެއީ:
ޖުމްލަ 50 އަަހަރުގެ ޖަލު ހުކުމެއް
200،000ރ.ގެ ޖޫރިމަނާއެއް؛ އެ ޖޫރިމަނާ ފައިސާ އަހަރު ދުވަސް ތެރޭ ދެއްކުމަށް އެންގި
ގެއެއްގެ ތެރެއިން 200 ގްރާމް މަސްތުވާތަކެތި ފެނިގެން 50 އަހަރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ