ރައީސް މުހައްމަދު ނަޝީދާއި ދެބޭފުޅުން ވަނީ ބުރަ މަސައްކަތްކޮށް ބާކީވެފައިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ގައުމީ ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ ނަޝީދަކީ އެމަނިކުފާނަށް ވަރަށް އެހީތެރިވެދެއްވި ބޭފުޅެއްކަމަށް ވިދާޅުވެފައެވެ. ނަޝީދު ވަނީ ގައުމީ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
https://jazeera.mv/153690/
އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭސްފަރުވާއަށް ބޭރަށް ދިޔުމަށް ހުއްދަ ނުދީ ހިފެހެއްޓުމުން، ސިންގަޕޫރަށާއި ޖަރުމަނުވިލާތަށް ދިޔުމަށް އެހީތެރިވެދެއްވާ އެކަމަށް މަގުފަހިކޮށްދެއްވީ ރައީސް ނަޝީދުކަމަށް ގާސިމް ވިދާޅުވިއެވެ. އެކަމަށްޓަކައި އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ގާސިމް ވިދާޅުވިއެވެ.
"ރައީސް ނަޝީދުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު އަދި މާތްﷲގެ ވާގިފުޅުން އަޅުގަނޑު ސިންގަޕޫރުގައި ތިން މަސް ވަންދެން ހުރީ އެއްވެސް ލިޔެކިޔުމެއް ނެތި ޚާއްސަ ހުއްދައެއްގެ ދަށުން"
ގާސިމް ވަނީ އަނިޔާވެރިންނަށް ހިތް ހަލާސްކޮށް މައާފްކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
ގާސިމްގެ ވާހަކަފުޅުގައި އެއްވެސް ވެރިކައަށް އެންމެ ފުރިހަމަ ވެރިކަން ނުކުރެވޭނެކަން ގަބޫލުކުރައްވަން ޖެހޭކަމަށް ވިދާޅުވެފައިވެއެވެ.
2008ގެ ފަހުން މިހާތަނަށް އައިއިރު ކޮންމެ ވެރިކަމެއްގައިވެސް ރައްޔިތުންނަށް ކޮށްދެއްވާފައިވާ ކަންކަމުގެ ތެރޭގައި ޖޭޕީން ކޮށްދީފައިވާ ކަންކަން ހުންނާނެކަމަށް ވިދާޅުވިއެވެ. ކޮންމެ މެނިފެސްޓޯއެއްގައިވެސް ޖޭޕީގެ ވައުދުތައް ހުންނާނެކަމަށް ގާސިމް ވިދާޅުވިއެވެ.
އަޅުގަނޑާއި ރައީސް ނަޝީދު ވަނީ ބުރަ މަސައްކަތްކޮށް ނިކަމެތިވެފައި: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ