ޔާމީންގެ އާރަށު މައްސަލައިގެ އަޑުއެހުން ކޯޓުން ލައިވް ކުރަނީ

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން މާދަމާ ލައިވް ކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - ދައުލަތުން
ބުނާ ގޮތުގައި، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުރީގެ ފެލިދޫ
ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫ ޖީ ޕްރައިވެޓް
ލިމިޓެޑަށް ދިނީ އޭނާ ޔާމީނަށް 1 މިލިއަން ޑޮލަރުގެ ރިޝްވަތު
ދެއްވުމުންނެވެ. އެ ރިޝްވަތު ފައިސާ ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި
ކަމަށް ދައުލަތުން ބުނެ އެވެ.
އެ މައްސަލައިގައި:
ޔޫސުފް ނައީމްގެ މައްޗަށް
ރިޝްވަތު ދިނުމުގެ ދައުވާ ވަނީ ކޮށްފައި
ޔާމީނަށް ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ވަނީ ކޮށްފައި
އެ ދެ ބޭފުޅުންގެ މައްސަލަ ކޯޓުން ކުރިއަށްގެންދަނީ އެކުއެކީގައި
ވ. އާރަށު މައްސަލައިގައި ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް ވެސް ލައިވް ކުރަން އެ މަނިކުފާނުގެ ފަރާތްޕުޅުން ވަކީލުން ތަކުރާރުކޮށް ކޯޓުގައި މީގެ ކުރިން އެދިވަޑައިގެންފައިވެ އެވެ. އެކަމަކު، އޭރު ވަސީލަތްތައް ނެތުމުން ކަމަށް ބުނެ ކޯޓުން އަޑުއެހުންތައް ލައިވްއެއް ނުކުރެ އެވެ.
ބުނީ ކީކޭ؟ - ކްރިމިނަލް ކޯޓުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ބުނީ މާދަމާއަށް ތާވަލުކޮށްފައިވާ އަޑުއެހުން އެ ކޯޓުގެ ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން މީގެ ކުރިން ބުނެފައި ވަނީ ޔާމީންގެ މައްސަލަތަކުގެ އަޑުއެހުންތައް ލައިވް ނުކުރެވެނީ ކޯޓަށް ބޭނުންވާ އައިޓީ މުވައްޒަފެއް ނެތުމުން ކަމަށެވެ. ނަމަވެސް، ހުރިހާ ކަމެއް ހަމަޖެހުމުން ލައިވް ކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް އޭރު ވިދާޅުވެފައިވެ އެވެ.
ޔާމީންގެ ވަކީލުން ވިދާޅުވާ ގޮތުގައި:
ލައިވް ކުރުމަކީ ޝަރީއަތް އިންސާފުވެރިކޮށް ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިއުމަށް ކޮންމެހެން މުހިންމު ކަމެއް
މީގެ ކުރިން، ލައިވް ނުކޮށް ކުރިއަށްގެންދިޔަ އާރަށު މައްސަލައިގެ އަޑުއެހުމެއްގައި، ލައިވް ކުރެވުމުން އަޑުއެހުންތައް ކުރިއަށްގެންދަން އެދި އަޑުއެހުން ހުއްޓާލަން ވެސް ވަކީލުން އެދިވަޑައިގަތް
މީޑިއާތަކަށް ލައިވް ކުރަން ފުރުސަތު ދޭން ވެސް އެދިވަޑައިގަތް
އެނގުން މުހިންމު - ކްރިމިނަލް
ކޯޓުގައި އާންމުންނާ ގުޅޭ ބައެއް މައްސަލަތައް ދެ ފަރާތުން ވެސް އެދޭ ނަމަ
ލައިވްކޮށްގެން ކުރިއަށްގެންދެ އެވެ. އެގޮތަށް އެ ކޯޓުން ލައިވް ކުރި
ފުރަތަމަ މައްސަލައަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ
ދޫކުރުމުގެ ތެރެއިން ޔާމީން 1 މިލިއަން ޑޮލަރު
ނަންގަވައި ލޯންޑާކުރެއްވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތެވެ.
އެ ފަހުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބޮޑުން ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ޝަރީއަތް ފަދަ އާންމު މަސްލަހަތާ ގުޅޭ މައްސަލަތައް ފަހުން ކްރިމިނަލް ކޯޓުން ލައިވް ކުރި އެވެ.
ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން
ޔާމީން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ
ލޯންޑާކުރެއްވި ކަމަށް ބުނާ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ. މީގެ ކުރިން އެ މައްސަލައިގެ ޝަރީއަތް ވެސް ކްރިމިނަލް
ލައިވް ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ