ރައީސް ޔާމީންގެ އިސްތިއުނާފް އިސްލާހުކުރަން ހައި ކޯޓުން އަންގައިފި

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަހަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފު އިސްލާހު ކުރަން ހައިކޯޓުން އަންގައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިން މުއާމަލާތުގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ރައީސް ޔާމީނުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގަ އެވެ.
އެ މައްސަލައިގެ އިސްތިއުނާފް ފޯމް އިސްލާހު ކުރަން ހައިކޯޓުން މިއަދު އެންގިކަން ރައީސް ޔާމީންގެ ވަކީލުން "ދިޔަރެސް" އަށް ކަށަވަރުކޮށްދިނެވެ. އަދި ފޯމު އިސްލާހު ކުރުމަށްފަހު އަލުން ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވި އެވެ.
އަދި ސަރުކާރުގެ ނުފޫޒެއް ނެތި އިސްތިއުނާފު ކުރިއަށްގޮސްފިނަމަ މި މަސް ނިމުމުގެ ކުރިން ރައީސް ޔާމީނު މިނިވަންވެވަޑައިގަންނަވާނެ ކަމަށްވެސް ވަކީލުން ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ