ކިނޮޅަހު ސްކޫލް އިތުރަށް ތަރައްޤީ ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

ރ.ކިނޮޅަހު ސްކޫލް އިތުރަށް ތަރައްޤީ ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު، ޑރ.ޢައިޝަތު ޢަލީއާ މަޝްވަރާ ކުރައްވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު މިއަދު ވަނީ ކިނޮޅަހުގެ ކައުންސިލަރުންނާ ބައްދަލު ކުރައްވައި، އެ ރަށުގެ ތަޢުލީމީ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މި މަޝްވަރާގެ ތެރެއިން،  އެ ރަށު ސްކޫލްގެ ކިޔެވުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުންވެސް ވާހަކަ ދެކެވުނު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ކިނޮޅަހު ސްކޫލަށް ޒިޔާރަތްކުރައްވައި، ޑރ. އާއިޝަތު އަލީ ވަނީ އެ ސްކޫލުގެ ޕީ.ޓީ.އޭ އާއީ އެ ސްކޫލްގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ