ފަސް އަހަރުން 100 މިލިއަނަރުން އުފައްދާނަން: ގާސިމް

ގާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ އިސްކަން ދެއްވާނެ މުހިންމު ކަންކަން ހިއްސާ ކުރައްވާފައެވެ.
ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ ވެރިކަމުގެ ފަސް އަހަރުގައި 100 މިލިއަނަރުން އުފައްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ އެމަނިކުފާނަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ އިސްކަން ދެއްވާނެ މުހިންމު ކަންކަން ހިއްސާ ކުރައްވާފައެވެ.އެ ގޮތުން ސަގާފީ، ދީނީ، ތައުލީމް، އިގްތިސާދު، ސިއްހަތު، ޓޫރިޒަމް، މަސްވެރިކަން، ދަނޑުވެރިކަން ފަދަ ދާއިރާތަކުން ކުރައްވާނެ މުހިންމު ކަންކަން ފާހަގަ ކުރެއްވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ