އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހަމަޖައްސަވައިފިއެވެ.
މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މާފަންނު ސްޓޭޑިއަމްގައެވެ. އަދި އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދުގަޔާއި، ސަލްމާން މިސްކިތުގައި އީދު ނަމާދު ކުރާނެއެވެ.
ހުޅުމާލޭގައި ފޭސް 1- ސިންތެޓިކް ޓްރެކުގައާއި، ފޭސް-2 ގެ ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަޙައްދު) ގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެއެވެ.
ވިލިމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނީ ވިލިމާލޭ ބޯޅަ ދަނޑުގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ފިޠުރު ޢީދު ބޮޑުޖަމާއަތުގައި ކުރުމުގެ އިންތިޒާމް އަތޮޅުތެރޭގެ ގިނަ ރަށްރަށުގައިވެސް ހަމަޖައްސާފައިވާކަމަށެވެ.
މޫސުން ތަންދޭ ނަމަ ޢީދު ނަމާދު ކުރާނީ ބޮޑު ޖަމާޢަތުގަ: މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ