ލަންދޫ ކަައުންސިލްގެ އޮޑިޓް ރިޕޯޓް: "އެކައުންޓްތަކުގައި ފައިސާ ހަމަކަން ކަށަވަރެެއް ނޫން"

މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާގެ 2020 ވަނަ އަހަރުގެ މާލީ ބަޔާންތައް އޮޑިޓް ކޮށް އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ރިޕޯޓަށް ބަލާއިރު އެ ކައުންސިލުން 4 އެކައުންޓްގައި ހުންނަން ޖެހޭ ފައިސާ ހަމައަށް ހުރިކަން ކަށަވަރު ކުރެވިފައިނުވާކަން ހާމަވެެއްޖެއެވެ.
ލަންދޫ ކައުންސިލްގެ އޮޑިޓް ރިޕޯޓް
މާލީ ބަޔާނުގައި ބަޔާންކޮށްފައިވާ އަދަދުތަކާއި އިދާރާގެ ހިސާބުތަކާ ދިމާނުވާ މައްސަލަ ފާހަގަކޮށް އެ ރިޕޯޓްގައި ބުނެފައި ވަނީ، 2020 ވަނަ އަހަރުގެ މާލީ ބަޔާނުގެ "ފައިސާ ލިބުނުގޮތާއި ހޭދަ ކުރެވުނު ގޮތުގެ ބަޔާން" ގައި ލިބުނު ފައިސާގެ ގޮތުގައި ހިމަނާފައިވާ ޖުމްލަ އަދަދަކީ 6,305,813 ރުފިޔާ ކަމަށެވެ. ނަމަވެސް އެއާ ގުޅޭ ލިޔެކިޔުންތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވުމުގެ ސަބަބުން އެ އަދަދުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް ބުނެފައި ވެއެވެ.
ހަމައެއާއެކު އެ އަހަރުގެ މާލީ ބަޔާނުގެ "ފައިސާ ލިބުނުގޮތާއި ހޭދަ ކުރެވުނު ގޮތުގެ ބަޔާން" ގައި ކުރި ހަރަދުގެ ގޮތުގައި ހިމާނާފައި ވަނީ 5,292,604 ރުފިޔާ ކަމަށާއި ނަމަވެސް އެ އަހަރު ތެރޭގައި އެ އިދާރާއިން ކުރި ހަރަދުގެ ޖުމްލަ އަދަދުކަމަށް އެ އިދާރާގެ ހިސާބުތަކުން ވިޔަ ޕޯޓަލް އިން ދައްކާ އަދަދަކީ 3,117,258 ރުފިޔާ ކަމަށް އޮޑިޓުން ބުނެއެވެ.
އެ އިދާރާއިން ހަރަދު ކުރި ވަރު ވިޔަ ޕޯޓަލް އިން ދައްކާ އަދަދަށް ވުރެ، ފައިސާ ލިބުނުގޮތާއި ހޭދަ ކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދުގައި 2،175،346 ރުފިޔާގެ ތަފާތެއް ފާހަގަ ކުރެވެއެވެ. ނަމަވެސް ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، 2020 ވަނަ އަހަރުގެ ތެރޭގައި އެ އިދާރާއިން ކުރި ޖުމްލަ ހަރަދުގެ ގޮތުގައި މާލީ ބަޔާންތަކުގައި ހިމަނާފައިވާ އަދަދު އެ އިދާރާގެ ހިސާބުތަކުން ދައްކާ އަދަދަށްވުރެ އިތުރު ވަނީ 1,175,346 ރުފިޔާ ކަމަށެވެ. މި އަދަދުން 1 މިލިއަން ރުފިޔާ މަދުވެފައިވާ އިރު، މިއީ އޮޑިޓް ރިޕޯޓުން ފާހަގަވި ކުށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ